ހެނބަދޫއާއި ކަފަކޮމަންޑޫ -- ފޮޓޯ/ގޫގަލް މެޕް
ހެނބަދުއަކީ ތަރައްގީއަށް ލޯބިކުރާ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ރަށުގެ ކުރިމަގާ ގުޅިގެން ހެނބަދޫގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މި ސަރުކާރުން ހެނބަދޫގެ އިހުތިސާސްގެ ތެރޭގައި ނ.ކަފަކޮމަންޑު ހިމަނައިދިނުމެވެ.
އެރަށުން ހެނބަދޫ ކައުންސިލަށް ރަނގަޅު އާމްދަނީއަކާއި، ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިވާފަދަ ނަފާވެރިކަމެއް ކުރުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. ރައީސް އިބުރާހީމް މުހަންމަދު ސާލިހުގެ ވެރިކަމުގައި މިކަމަށް ދާއިރާގެ މެންބަރާއި ސަރުކާރުގެ އެއްބާރުލުން ލިބެމުންދާތީ، އިބޫގެ ދެވަނަ ދައުރެއްގައި މި ހުވަފެން ހަގީގަތަކަށް ހެދޭނެކަމާމެދަކު ޝައްކެއް ނެތެވެ.
އެއާއެކު ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކުގެ އެދުމަކަށްވީ، ޑރ.މުއިއްޒަށް އިންތިޚާބު ކާމިޔާބުވިޔަސް އެމަނިކުފާނުގެ ވެރިކަމެއްގައި ވެސް ނ.ކަފަކޮމަންޑޫ އަތުނުލާނެކަމުގެ ޔަގީންކަމެއް އެމަނިކުފާނުގެ ދޫފުޅުން ހެނބަދޫ ރައްޔިތުންގެ ކުރިމަތީގައި ދެއްވުމެވެ. ޑރ.މުއިއްޒުގެ ވެރިކަމެއްގައި ހެނބަދުއަށްވާ ވައުދުތަކުގެ ތެރޭގައި ނ.ކަފަކޮމަންޑޫ އަތުނުލާނެކަމުގެ ޔަގީންކަމާއި، އެރަށް ތަރައްގީކުރުމުގައި ސަރުކާރުގެ އެއްބާރުލުން ދެއްވާނެކަމުގެ ވައުދުވެދެއްވުމަށް ރަށުގެ ބައެއް ފަރާތްތަކުން ހުށަހެޅިނަމަވެސް އެމަނިކުފާނު ހެނބަދޫގައި ދެއްކެވި ކުރު ވާހަކަކޮޅުގައި އެކަމަށް އެއްވެސް ވަރަކަށް އަލިއަޅުވާލާފައެއް ނުވެއެވެ. އެކަން ދެނެވަޑައިގަންނަވާ ކަމަށްވެސް ނުހެއްދެވިއެވެ.
ޑރ.މުއިއްޒުގެ ވެރިކަމެއްގައި މާލެއާއި އައްޑުއަށް ވެފައިވާ ބޮޑެތި ވައުދުތައް ހިމެނޭހެން އެންމެ 11 ވައުދަށް، ދައުލަތުގެ އާންމު ބަޖެޓުގެ އިތުރަށް 223 ބިލިއަން ރުފިޔާ ހަރަދުވާއިރު، ބޮޑެތި ރަށްރަށަށްވެސް އެތައް ވައުދެއް ވެފައިވެއެވެ. އެއާއެކު 2026 ވަނަ އަހަރު ދައްކަންޖެހޭ 800 މިލިއަން ޑޮލަރުގެ މައްސަލަވެސް ހައްލުކުރަންޖެހެއެވެ.
މި ހުރިހާ ކަމަކަށް ޚަރަދުކޮށްފައި ކުދި ރަށްރަށުގެ ތަރައްގީއަށް ދިއްކޮށްލާނެ ފައިސާ ފޮއްޗެއް ނޯވެދިއުމަކީ އެފަދަ ރަށްރަށުގެ ކަންބޮޑުވުމެކެވެ. މިފަދަ ހާލަތެއްގައި ދައުލަތަށް އާމްދަނީ ހޯދަން ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނިފައިވާ ރަށްތައް އަތުނުލާނެކަމުގެ ޔަގީންކަން ކުދި ރަށްރަށަށް ކިތަންމެހާވެސް މުހިންމެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1