ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ އާއިޝަތު ޝިހާމް
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް، އެ ފަދަ ފުރުސަތުތައް ފޯރުކޮށްދެވޭނެ ފަރާތްތަކާ ގުޅިގެން ހާއްސަ ފެސްޓިވަލެއް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ ފޭސްބުކް ލައިވްގައި ވާހަކަފުޅު ދައްކަވަމުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ލިބުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
ހާއްސަކޮށް ސްކޫލް ނިންމުމަށް ފަހު، އަލަށް ވަޒީފާގެ މާހައުލަށް ނުކުންނަ މީހުންނަށް އެ ފުރުސަތުތައް ވަރަށް މަދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން، އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ވަކި އިންތިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުގެ އޮފީސްތަކުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދެވިފައި ނެތް. އަމާޒަކީ ހުރިހާ އެންމެންނަށް ވެސް ފަސޭހައިން އުޅެވޭނެ ވަޒީފާގެ މާހައުލެއް ގާއިމް ކޮށްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމުގެ އިތުރުން އޮފީސްތަކަށް ފަސޭހައިން ވަދެ ނުކުމެވޭނެ އިންތިޒާމެއް ހަމަޖެހިފައިވުން މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި، ވަޒީފާ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް ވެސް ސަރުކާރުން އެކުލަވާލާފައިވެ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1