ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު
ވޭތުވެދިޔަ ސަރުކާރުތަކުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ކުރިއަށް ގެންދިޔަ "އަހާ" ފޯރަމްގައި އާންމު ރައްޔިތަކު ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ އެތައް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، އެކަމުގެ ނަތީޖާ މުޖުތަމައު ތެރެއިން ފެނިގެން ނުދާ ކަމަށް ބުނެފަ އެވެ. އަދި ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އޮތް ގޮތަކީ ގުރައިދޫއަށް ގެންދިޔުން ނޫނީ މީހުންގެ މަލާމާތުގެ ޝިކާރައަކަށް ވުން ތޯ އޭނާ ސުވާލު ކުރި އެވެ.
ސުވާލަށް ޖަވާބު ދެއްވައި ރައީސް ވިދާޅުވީ ގުރައިދޫ މަރުކަޒާއި އެފަދަ އެހެން ތަންތަނުގެ ހާލަތު ރަނގަޅު ކުރުމަށް ވޭތުވެދިޔަ ސަރުކާރުތަކުން އެކަށީގެންވާ ބަޖެޓު ހަމަޖައްސާދީފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، އެ ތަންތަނުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހާއްސަކޮށް އެހީތެރިކަން ބޭނުންވާ މީހުންނަށް، ނަފްސާނީ ބަލިމަޑުކަން ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުން، ގެވެށި އަނިޔާ ލިބޭ މީހުންނަށް އޯގާތެރިކަމެއް ނެތް. އަޅުގަނޑު މަސައްކަތް ކުރާނީ އޯގާތެރި ސަރުކާރެއް ބިނާ ކުރުމަށް. އެހީތެރިކަން ބޭނުންވާ ބޭފުޅުންގެ މޫނުމަތިން އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
ވޭތުވެދިޔަ ސަރުކާރުތަކުން ޖިސްމާނީ އަދި ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް އަޅާލާފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަންކަން ރަނގަޅު ކުރަން ވައުދުވުމުން ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށް ވޯޓު ދީފައިވާކަން ފާހަގަކުރައްވައި މިހާރު ވެސް، އެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ގުރައިދޫ މަރުކަޒުގައި މިހާރު ތިބި މީހުންގެ ތެރެއިން ބައެއް މީހުން އާއިލާތަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
އެ މަރުކަޒުގެ ޖާގައިގެ އިތުރަށް މީހުން ބައިތިއްބައިގެން ފަރުވާ ދޭން ޖެހިފައި ވާތީ އެތައް މައްސަލަތަކެއް އަންނަނީ ދިމާވަމުންނެވެ. އަދި އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭނެ ފަންނީ މީހުން ނެތުމުގެ ސަބަބުން ވެސް އެތައް މައްސަލަތަކެއް އެ މަރުކަޒުގައި ދިމާވެފައިވެ އެވެ.
އެހެންނަމަވެސް، މިއިން އެއްވެސް މައްސަލައަކަށް މިވީހާ ތަނަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1