ފިތުނަ އުފެއްދުމުން ދުރުވުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެފައިވޭ
ޤަތުލުކުރުމަށްވުރެ ފިތުނަވެރިކަމުގެ ނުބައިކަން ބޮޑުކަން ފާހަގަކޮށް މުޖުތަމައުގައި ފިތުނަ އުފެއްދުމުން ދުރުވުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ދޮގު ވާހަކަތައް ފެތުރުމަކީ މީސްތަކުންނަށް ހައްގު އޮޅުވާލާނެކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
އެކަމަކީ މީސްތަކުން ހަމަ މަގުން އެއްކިބާ ކުރުވާކަމެއްކަމަށާއި އެކަމުގެ ނުބައިކަން މީހުން މެރުމަށްވުތެ ބޮޑުކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މީހަކު މެރުމަށްވުރެ ފިތުނަވެރިކަން ނުބައިވަނީ ގަތުލުގެ ސަބަބުން ހަމައެކަނި އެފަރުދަށް ނުވަތަ އާއިލާއަށް ގެއްލުންވިނަމަވެސް، ފިތުނައިގެ ސަބަބުން މުޅި މުޖުތަމައުއަށް ގެއްލުން ލިބޭތީކަަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި މުސްލިމުންގެ ސިއްރުތައް ބޭޒާރުކޮށް، އަބުރު ނަގައިލުމަކީ އިސްލާމްދީން ހަރާމްކަމެއްކަން ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން މުޖުތަމައު ހަލާކުވެ، މީސްތަކުންގެ މެދުގައި ފަސާދަ އާންމުވާކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފުކުރާ މީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކި ބަހެއް ތިޔަބައިމީހުން ޤަބޫލުނުކުރާށެވެ! އަދި އެއުރެންނީ ހަމަ ފާސިޤުންނެވެ"
ޚުތުބާގައި ދޮގު ވާހަކަތައް ފަތުރާ މީހުންނަށް ޤުރްއާންގައި ދެއްވާފައިވާ ނަމަކީ "މުޖްރިފުން"ކަމުގައި ބުނެފައިވެއެވެ. އެއީ މީސްތަކުންގެ މެދުގައި ގަޑުބަޑު އުފައްދާ މީހުންގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
ދޮގު ޚަބަރު ފެތުރުމަކީ ދެބައޮޑުވާ މީހުންގެ ސިފައެއްކަން ޚުތުބާގައި ފާހަގަކުރިއެވެ. އެފަދަ މީހެއްގެ އަމާޒަކީ މުޖުތަމައުގެ އަމާންކަން ނަގައިލުންކަމަށާއި އެއީ ދީނުގެ ހައްގުގައިވެސް ޖަރީމާއެއްކަމަށާއި އެކަމަށް ސަމާލުވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1