ރޭ ފުވައްމުލައް ސިޓީގައި ހިންގި ހަމަނުޖެހުން
ފުވައްމުލައް ސިޓީގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއަށްފަހު އެސަރަހައްދުގައި ތިބި ފުލުހުންނަށް ގާ އުކި ތިން މީހަކާއި އިންޒާރުދިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ރޭ ހިނގާދިޔަ ހަމަނުޖެހުންތަކުގައި ހަތް ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އެމީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
އިއްޔެ ރައީސް ސޯލިހު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވި ވަގުތު އެއާޕޯޓުގައި ސަރަހައްދުގައި މުޒާހަރާކުރަމުންދިޔަ ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އަދި ޖަލްސާ ހިނގަމުންދިޔަ ވަގުތު އަޑުގަދަކޮށް ލަވަ ޖަހަމުން ދުއްވި ދެ ޕިކަޕުވެސް ވަނީ ޓޯ ކޮށްފައެވެ.
ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަވާއިރު ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އަންނަނީ އިހުތިޖާޖުކުރަމުންނެވެ. މަނީ ލޯންޑަރކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން އަންނަނީ ތަންފީޒުކުރައްވަމުންނެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1