ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައި ފިލަން އުޅުނު ދެވަނަ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
ދާދި ފަހުން މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކުގެ ތެރެއިން މި މަހުގެ 15 ވަނަ ދުވަހު ހިންގި މާރާމާރީ ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔުމުން ދެ މީހަކު ކާރެއްގައި ފިލަން މަސައްކަތް ކުރި އެވެ. އެ ދެ މީހުން ފިލަން މަސައްކަތް ކުރީ ފުލުސް މީހާ ގައިގައި ކާރުން ޖެއްސުމަށް ފަހު އެވެ.
މި މައްސަލައާ ގުޅިގެން ފުރަތަމަ މީހާ ހައްޔަރު ކުރީ ހަމަ އެ ދުވަހު އެވެ. ދެވަނަ މީހާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އެއީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުރަތަމަ ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލާގައި އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1