ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2025ގެ ފަޚްރުވެރި އެއްވަނަ ހާސިލްކުރި އާއިޝަތު ފިނާ ފިރާޤު
ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2025"ގެ ފަޚްރުވެރި އެއްވަނަ ހާސިލްކުރި އާއިޝަތު ފިނާ ފިރާޤުގެ ވަރަށް ހާއްސަ އިންޓަވިއުއެއް މިއަދު ޝާޔާސް ކިޗެންއިން ގެނެސްދޭނެކަން ވަނީ އިއުލާންކޮށްފައެވެ.
މިވަގުތު ކެނދިކުޅުދޫގެ އެންމެ މަގްބޫލް ރެސްޓޯރަންޓް، ޝާޔާސް ކިޗެންއިން ފިނާގެ ހާއްސަ އިންޓަވިއުއެއް ލައިވްކޮށް ގެނެސްދޭނެއެވެ. މި އިންޓަވިއުއިން ފިނާގެ ރޭޑިއޯ ޕްރެޒެންޓިން ދާއިރާއަށް ވަދެވުނު ގޮތާއި، މުބާރާތުގެ ތެރެއިން ދިމާވި ތަފާތު ތަޖުރިބާތަކާއި، ކުރިއަށް އޮތްތަނުގައި ރޭޑިއޯ ދާއިރާއަށް ކޮށްދިނުމަށް ގަސްތުކުރާ ކަންކަމާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތައް ހިއްސާކުރާނެ ކަމަށް ވަނީ ލިބިފައިވާ މައުލޫމާތުތަކުން އެނގިފައެވެ.
ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ފަޚުރުވެރި އެއްވަނަ ހާސިލްކުރި ފިނާގެ ތައުލީމީ ހަޔާތުގެ ބޮޑުބައެއް ހޭދަކުރީ ކެނދިކުޅުދޫ ސްކޫލުގައެވެ. މުބާރާތުގެ ތެރެއިން ފިނާ ދެއްކި ހުނަރާއި ގާބިލުކަން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާ، މުބާރާތް ބަލާލި އެންމެންގެ ތަޢުރީފު ލިބިފައެވެ.
މިއަހަރުގެ މި މުބާރާތަށްވެސް ވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން، މުބާރާތުގެ ޓައިޓަލް ކާމިޔާބުކުރި ފިނާއަށް މުބާރާތުގެ ޓައިޓްލް އެވޯޑުގެ އިތުރުން 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ. މި ފުރުސަތަކީ ފިނާއަށް ރޭޑިއޯ ދާއިރާގައި އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށް ވެސް ފިނާ ވަނީ ފާހަގަކޮށްފައެވެ.
ޝާޔާސް ކިޗެންއިން ގެނެސްދޭ މި ހާއްސަ އިންޓަވިއުއަކީ ރޭޑިއޯ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ވަރަށް ފައިދާހުރި މައުލޫމާތުތަކެއް ލިބިގެންދާނެ އިންޓަވިއުއެއް ކަމަށް ލަފާކުރެވެއެވެ.
2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.
މިއަދުގެ އިންޓަވިއު ޝާޔާސް ކިޗެންއިން ލައިވް ކުރާނީ 16:30 ގައެވެ. އިންޓަވިއުގެ ހޯސްޓަކީ މުހައްމަދު ޒައިދާންއެވެ.
0%
0%
0%
0%
0%
10 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
5 ޖުލައި 2025
0
9 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1