ފޮޓޯ: އެޓޯލް ޓައިމްސް
އިލެކްޝަން ކޮމިޝަނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނުގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ އެންގުމުގައި، ރައްޔިތުންގެ ކައިރިން އަހަންވީ ކޮން ސުވާލެއްކަމެއް ސާފު ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދި ބޭއްވި ނޫސްވރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބް ރައިސް އިސްމާއިލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެންގުމާއި އެއްގޮތަށް 29 އޮކްޓޫބަރުގައި އިންތިޙަބް ބޭއްވުމަށް ތައްޔާރު ވެފައިވާ ކަމަށާއި، އެ އެންގުމުގައި ރައްޔިތުންގެ ކައިރިން އަހަންވީ ސުވާލު ސާފުނުވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން 20 ސެޕްޓެންބަރު 2023 ގައި ފާސްކުރި ޤަރާރުން 30 އޮކްޓޫބަރު 2023ގެ ކުރިން ރައްޔިތުންގެ ނިޒާމީ ވޯޓެއް ނެގުމަށް މަޖިލީހުން އިލެކްޝަން ކޮމިޝަނަށް އަންގާފައިވެއެވެ. އެ އެންގުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ޤާނޫނި ލަފާ ހޯދުމަށްފަހު އެ އިންތިހާބު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައިސް ފުއާދު ތަޢުފީގު ވިދާޅުވީ، 29 އޮކްޓޫބަރު 2023ގައި އެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާކަމަށާއި، އެ ކަމަށް ބަޖެޓް ހަމަ ޖެހުނުހާ އަވަހަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާއިރު އެ ވޯޓް ނަގަނީ ކޮން މަޢުލޫއަކަށްކަން އަދި ކުރަންޖެހެނީ ކޮން ސުވާލެއްކަން ވަރަށް ބޮޑަށް ސާފު ވާންޖެހޭ ކަމަށާއި، އަހަންވީ ކޮން ސުވާލެއް ތޯ އާއި އެ ސުވާލަކީ ކޮބައިކަން މަޖިލީިހުން ފާސްކޮށްދެއްވާ އިލެކްޝަނަށް ފޮނުވައިދެއްވުމަށް ދަންނަވާފައިވާނެކަމަށް އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވިއެވެ.
އަދި ވޯޓު ނެގުމަށް ބޭނުން ވާނެ ބަޖެޓް ހޯދުމަށް މަޖިލީހަށް އަންގާފައިވާނެ ކަމަށާއި، އެކަމަށް ބަޖެޓް ނުލިބިއްޖެ ނަމަ އެ ވޯޓް ނުނެގޭނެ ކަމަށް އިސްމާއިލް ހަބީބް ވިދާޅުވިއެވެ.
ހަބީބް އިތުރަށް ފާހަގަ ކުރެއްވީ، އިލެކްޝަންގެ 32 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ޙިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ އެ ކޮމިޝަންގެ ޒިންމާއެއް ކަމަށާއި، މިފަދަ ވޯޓެއް ނަގާއިރު ކޮމިޝަނުން އަމަލު ކުރާނެ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1