ހިންމަފުށީގައި ހިންގާ ޑްރަގް ރެހިބިލިޓޭޝަން ސެންޓަރު / ފޮޓޯ: ޕީއެސްއެމް
ޑްރަގް ރެހިބިލިޓޭޝަން ސެންޓަރު ހިންގުމަށް މެލޭޝިޔާ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އިހުސާން އަލީ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދޭނެ ސެންޓަރުތަކެއް ގާއިމްކުރުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލުމުން މެލޭޝިޔާ ކުންފުންޏަކުން އެކަމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އަމިއްލަ ފަރާތްތަކަށް ޑްރަގް ރެހިބިލިޓޭޝަން ސެންޓަރު ހިންގުމުގެ ފުރުސަތު ހުޅުވާލީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
މެލޭޝިޔާގެ މި ކުންފުންޏަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި މިފަދަ ސެންޓަރުތައް ހިންގާ ކުންފުންޏެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންނަމަވެސް އެ ކުންފުނިން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށާއި އެކަމާ ގުޅޭ ގޮތުން އެ ކުންފުންޏާ މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިކަމަށް ފަރުވާ ހޯދުމަށް އަންނަ މީހުންނަކީ މިކަމަށް ބޮޑެތި ހަރަދުކޮށްގެން ފަރުވާ ހޯދޭނެ ބަޔަކަށް ނުވާތީ އެކަމަށް އޮތް ހައްލަކީ ކޮބައިތޯ ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން އާސަންދައިގެ ދަށުން ނޫނީ ޑްރަގް އެޖެންސީގެ ބަޖެޓުން ހަރަދު ބެލެހެއްޓޭނެ ގޮތެއް ބަލަމުންދާކަމަށް ވިދާޅުވި އެވެ.
އުންމީދަކީ ވީހާވެސް އަވަހަކަށް އަމިއްލަ ފަރާތަކުން ރާއްޖޭގައި ޑްރަގް ފަރުވާ ދޭނެ ސެންޓަރެއް ގާއިމްކުރުން ކަމަށާއި އެކަމުގެ ސަބަބުން ފަރުވާގެ ފެންވަރު ރާއްޖޭގައި ރަނގަޅުވެގެން ދާނެ ކަމަށް ދެކިލައްވާކަމަށް ވެސް ވިދާޅުވި އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1