ޑރ. މުއިޒް ކެނދިކުޅުދޫ ކައުންސިލްގެ މީޓިން ރޫމްގައި
ލާމަރުކަޒުކުރުމާއި އިދިކޮޅު ސިޔާސަތުތަކެއް ގެންގުޅޭ ޕީއެންސީ-ޕީޕީއެމްގެ ރިޔާސީ ކެނޑިކޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކެނދުކުޅުދޫ މަގުތަކުގައި ތާރުއެޅުމާއި 30 އެނދުގެ ހޮސްޕިޓަލް އެޅުން ނުހިމެނޭކަން ހާމަވެއްޖެއެވެ.
މުއިއްޒުގެ މެނިފެސްޓޯގައި ހިމެނެނީ ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ތަރައްޤީ ކުރުމާއި، ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، އެހެނިހެން މަގުތަކުގައި ގާއެތުރުމެވެ. އެހެން ކަމުން ރައީސް ސޯލިހު ވައުދު ވެފައިވާގޮތަށް، މުއިއްޒުގެ ވެރިކަމެއްގައި ކެނދިކުޅުދޫގެ މުތަކުގެ ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެން ނުދާނެކަން ފާހަގަ ކުރެވެއެވެ.
މީގެ އިތުރުން، ޑރ. މުއިއްޒުގެ ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން ސިޔާސަތުގެ ތެރެއިން ކެނދިކުޅުދޫ އަދި ނޫނު އަތޮޅައްވެސް މާބޮޑު ތަރައްގީގެ ތަސައްވުރެއް ނެތެވެ. އުތުރުގެ މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައި ހަމަޖައްސާފައިވަނީ ހދ. ކުޅުދުއްފުޓެވެ. އަދި ބައިނަލް އަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ޤާއިމުކޮށް، ހއ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމުކުރަން ވަނީ ހަމަޖައްސާފައެވެ.
ޞިއްޙީ ނިޒާމާއި ފަރުވާގެ ސިޔާސަތުގައި ހިމެނެނީ މާލެއަށް ބަރޯސާވާ ގޮތަށް ދަރުމަވަންތަ ހޮސްޕިޓަލް މަލްޓިޑިސިޕްލިނަރީ ޞިއްޙީ ޚިދުމަތްދޭ ސަރަޙައްދީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީ ކުރުމަށެވެ.
ނޫނު އަތޮޅު ހިމެނޭހެން މެދުރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ރޭވިފައި ވަނީ މާލެ އާރބަން ރީޖަންއިންނެވެ. އެހެންކަމުން، މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ޔާމީން ރައްޔިތުންގެ މަޖިލިސް މެންބަރު ކަމުގައި ހުރެ ނޫނު އަތޮޅު އޮތް އޮތުން މުއިއްޒުގެ ވެރިކަމެއްގައި ތަކުރާރު ވެގެން ދާނެކަމަށް ގިނަ ރައްޔިތުން ޤަބޫލު ކުރެއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1