ދިވެހިން ޢައްޒާއަށް އެހީ ފޮނުވާ ޓްރަކްތަކެއް
ދިވެހިންގެ އެހީ ހިފައިގެން ޢައްޒާއަށް ދިޔަ ޓުރަކްތައް ޢައްޒާއަށް ވަދެފައިވާ ކަމަށް އިންޓާނޭޝަންލް އެއިޑް ކެންޕެއިން (އައި.އޭ.ސީ)އިން ބުނެފިއެވެ.
އައި.އޭސީއިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ޣައްޒާއަށް ވެއްދި ހުރިހާ ޓްރަކެއް ވެސް ފުރަތަމަ ގެންގޮސްފައިވަނީ އިސްރާއީލު ފަޅިންނެވެ. އިސްރާއިލު ފަޅިއަށް ގެންދިއުމަށް ފަހު އެތަކެތި ބަލައި ފާސްކުރެވި، އެއަށްފަހު ކަރީމް އަބޫ ސާލިޙް މަގުން ޣައްޒާއަށް މިހާރު ވެއްދިފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެކްސްގައި އައި.އޭސީއިން ކޮށްފައިވާ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، ކުރިއަށް މިއޮތް ދުވަސްތަކުގައި އެ ތަކެތި ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި އެކަމަކާއި ގުޅޭ މުއައްސަސާތަކަށް އެ އެހީގެ ސާމާނު ފޯރުކޮށްދޭ މަންޒަރުތަށް ޙިއްސާކޮށް ގެނެސްދިނުމުގެ އެންމީދު ކުރާކަމަށެވެ.
49 ދުވަސްވަންދެން އިޒްރާއިލުން ޢައްޒާއަށް ދެމުންއައި އުދުވާނީ ހަމަލާތަށް މެދުކަނޑާލައިފައިވާއިރު، މި އެހީގެ ސާމާނުތައް މިސްރު ބޯޑަރު ހުރަސްކޮށް ފަލަސްތީނަށް ވައްދާފައި ވަނީ ހަމަލާތަށް މެދުކަނޑާލި ދުވަސް ނޫން އަނެއްދުވަހުއެވެ.
ޓުރަކްތަކުގައި ޢައްޒާއަށް މިވެއްދުނު ސާމާނުގެ ތެރޭގައި ސިއްހީ އާލަތްތަކާއި ބޭހާއި ކާބޯތަކެތިގެ ބާވަތްތަށް ވެސް ހުރި ކަމަށެވެ. އަދި ރާއްޖެއިން ދިން އެހީތެރިކަމުގެ ސަބަބުން، ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އައި.އޭ.ސީއިން ބުނެފައިވެއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1