ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ބީއެމްއެލް ކާޑު ލިމިޓް އުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބީއެމްއެލް އިން މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، މިއީ ގައުމުން ބޭރުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ފަރާތްތަކަށް އޮތް ބުރައެއްކަމަށެވެ.
ރިޔާސީ ކެމްޕެއިންގައި އޭރުގެ އިދިކޮޅުގެ ކެންޑިޑޭޓް މުއިއްޒު ވިދާޅުވެފައިވަނީ ކާޑުގައި ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމުން އެތައް ބަޔަކަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންވެ އެ ލިމިޓް އޭނާގެ ވެރިކަމެއްގައި އުވާލާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އެކަން ކުރާނީ މަރުހަލާތަކެއްގެ ތެރެއިން ކަމަށާއި ފުރަތަމަ ތިން މަހު ލިމިޓް ޑަބަލްކުރުމަށް ފަހު، ދެން އެއްކޮށް ލިމިޓް އުވާލާނީ ކަމަށް އޭރު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަން ކުރާނީ ރާއްޖޭގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކޮށްގެންނެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ކަނޑައަޅާފައި ވާއިރު ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނާއި، ބޭސްފަރުވާއަށް ދާ ފަރާތްތަކަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1