ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ފުލުހުންގެ މުއައްސަސާއަށް މިއަދު ބޭނުންވަނީ އަލަށް ތައާރަފްވާ ކުށްތަކަށް ހައްލު ހޯދޭނެ ގާބިލު ބައެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެވަނަ ''އިންސްޕެކްޓަރ ކޯސް'' ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މިއަދު ފުލުހުންގެ މުއައްސަސާއަށްވެސް ބޭނުންވަނީ މުސްތަގުބަލުގެ ތްރެޓްތަކާއި އާންމު ރައްކާތެރިކަމަށް ހުރި ރިސްކުތައް ދަށްކުރުމަށް ހައްލު ހޯދޭނެ ގާބިލުކަމާއި ހުނަރު ހުރި ފުލުހުންކަމަށެވެ.
މި ކޯހުގެ ބައިވެރިންނަކީ ބަވަނަ ވަމުން، ބަދަލުވަމުންދާ ދުނިޔެއެއްގައި، އަލަށް ތައާރަފުވަމުން އަންނަ ކުށްތަކަށްވެސް އުފެއްދުންތެރި އައު ހައްލުތައް ހޯދުމަށާއި މިއަދު ފުރިހަމަކުރި ތަމްރީނުގެ އަލީގައި އެފަދަ އައު ހައްލުތައް ހުށަހަޅައި ތަންފީޒުކުރާނެ ފުލުހުންކަމުގައި ވާނެކަމަށް އުންމީދުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.
ކޮންމެ ފުލުހަކީވެސް އެ ފުލުހެއްގެ މަގާމުގެ ނިސްބަތުން، އަދާކުރާ މަސްއޫލިއްޔަތުގައި ލީޑަރޝިޕް ދައްކަންޖެހޭނެ މުވައްޒަފުންކަމަށާއި ޒަމާނީ ޕޮލިސިންގެ އޮނިގަނޑުތަކާއި އިންތިޒާމުތައް ފުލުހުންގެ ތެރޭގައިވެސް އެބަހުރިކަން ސީޕީ ފާހަގަކުރެއްވިއެވެެ. އަދި ފުލުހުންގެ މަސައްކަތުގައި، މި ޕްރޮފެޝަންގައި މަސައްކަތުގެ "ޕެޝަން" ނުވަތަ މަސައްކަތަށް ހުންނަންޖެހޭ ލޯބި ހުރުން ވަރަށް މުހިންމުކަމަށާއި ފުލުހުންގެ މަސައްކަތަކީ ވަރަށް ޑިމާންޑިންގ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
"މި މަސައްކަތުގައި ޕެޝަނާއެކު ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް ރަނގަޅު ޕޮސިޓިވް އެޓިޓިއުޑެއްގައި ހުރުން އެއީ ވަރަށް މުހިންމު ކަމެއް"
ސީޕީ ވިދާޅުވީ މަސައްކަތަށް ބޭނުންވާ އިލްމާއި ހުނަރާއި ގާބިލުކަން ހޯދުމުގައި ކޮންމެ މުވައްޒަފެއްގެވެސް ވަރަށް މުހިންމު ޒިންމާއެއްވާ ކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ތަމްރީނުތަކަށް މުވައްޒަފުން ހޮވިގެން ދިއުމަކީ ވަރަށް އިސްކަންދޭ ކަމެއްކަމަށެވެ. އަދި ފުލުހުންނަށް ދެވޭ ތަމްރީނުތަކުގެ ތެރެއިން އިންސްޕެކްޓަރ ކޯސް ހާއްސަވާ މުހިންމު ސަބަބަކީ މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަން ކަނޑައެޅިފައިވާ ތަމްރީނެއްކަމަށާއި މި ތަމްރީނާއި، މި ގިންތީގެ ރޭންކުތަކަށް ބޭނުންވާ ލީޑަރޝިޕާއި މެނޭޖްމަންޓުގެ ހުނަރު ކޯހުގެ ބައިވެރިންނަށް ދެވިފައިވާކަމަށެވެ.
ކޯސް ނިންމި ފުލުހުންގެ ތެރެއިން މި ހާއްސަ ކްލަބަށް ވަނުމުގެ ފުރުސަތު މުސްތަގުބަލުގައި ލިބިގެންދާ ފުލުހުންނަށް އެ ލިބެނީ ވަރަށް ހާއްސަ ޝަރަފެއްކަމަށާއި ފުލުހުންގެ ޚިދުމަތުގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި، ކޯސް ނިންމި ފުލުހުންނަށްވެސް ތަފާތު ފުރުސަތުތަކާއި ތަޖުރިބާތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާ އަދި ގަދައަޅައި މަސައްކަތްކުރާ ފުލުހުންނަށް އެ މީހަކަށް ހައްގު ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
މިގޮތުން، އިންސްޕެކްޓަރ ކޯހުން މަތީ ވަނަ ހޯދާ ފުލުހުންނަށް، ކޮމިޝަނަރ އޮފް ޕޮލިސްގެ ހާއްސަ ފެލޯޝިޕެއް ތައާރަފުކުރުމަށް ނިންމާފައިވާކަމަށާއި މި ފެލޯޝިޕް ލިބޭ ފުލުހުންނަށް، އެ ފުލުހެއްގެ މަސައްކަތުގެ ދާއިރާއިން ބޭރުގައުމެއްގެ ފުލުހުންގެ އިދާރާއެއްގައި ކަނޑައެޅޭ މުއްދަތަކަށް ތަޖުރިބާ ހޯދުމަށް އެޓޭޗްމަންޓުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި ފެލޯޝިޕާ ގުޅޭ އިތުރު ތަފްސީލު އެކަމާ ގުޅޭ ބަހާއިން ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށް ވިދާޅުވިއެވެ.
ސީޕީގެ ވާހަކަފުޅުގައި އިންސްޕެކްޓަރ ކޯހުން ދަސްވެނިވި ފުލުހުންނަށާއި އެ ފުލުހުން ނިސްބަތްވާ ބަހާތަކުގެ ވެރިން އަދި އެ ފުލުހުންގެ އާއިލާތަކަށް ތަހުނިޔާއާއި މުބާރަކު ބާދީ އަރިސްކުރައްވައި ކޯހުން ވަނަތައް ހާސިލުކުރި ފުލުހުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ފުލުހުންގެ ކެރިއަރުގައި އެ ހުރިހާ ފުލުހުންވެސް ހޯދީ ވަރަށްވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމާއި މިކާމިޔާބީއަކީ ހަމަ އެ ފުލުހުންކުރި މަސައްކަތުގެ ނަތީޖާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސައްކަތު މާހައުލާއި އާއިލާއާ އަދި އެނޫންވެސް އަމިއްލަ އެތައްކަމެއް ދޫކޮށް، އައްޑޫ ސިޓީގައި ގާއިމުކޮށްފައި ހުރި ތަމްރީނު މަރުކަޒަށް އައިސް ދަސްކުރި އެންމެހައި އިލްމަކީ ދިވެހި ފުލުހެއްގެ ހައިސިއްޔަތުން މަސައްކަތުގެ މާހައުލުގައި ފުރިހަމައަށް ތަންފީޒުކުރާނެ ކަންކަމަށް ވުމަކީ ވަރަށް ބޮޑަށް އެ ދޭކަމެއްކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ މި ތަމްރީނަކީ އަދި މިނޫންވެސް ފުލުހުންނަށް ފޯރުކޮށްދެވޭ ކޮންމެ ތަމްރީނަކާއި އުނގެނުމުގެ ފުރުސަތަކީ އެ ތަމްރީނެއް ފުރިހަމަކުރާ މުވައްޒަފަށް އަދި މުޅި މުއައްސަސާއަށްވެސް ގިނަގުނަ ފައިދާތަކެއް ކުރާނެކަމެއްކަން ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1