ނ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު --
ލޯކަލް ކައުންސިލްތަކުގެ ޕާރޕޯމަންސް އިންޑެކްސްގެ އެންމެ ފުލަށް ނ.އަތޮޅު ކައުންސިލް ގޮސްފިއެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި ރާއްޖޭގެ އެންމެ ރަނގަޅު ކައުންސިލްގެ މަގާމު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދާފައިވަނީ އއ. ބޮޑުފޮޅުދޫ ކައުންސިލެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން ނ. އަތޮޅަށް ބަލާއިރު އެންމެ ފުލުގައި އޮތީ ފޮއްދޫއެވެ. އަދި ފުލުން ދެވަނައިގައި އޮތީ، ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާ ނ. މާފަރެވެ.
އެލްޖީއޭ އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ދަރުބާރުގޭގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.
މިފަހަރުގެ އަތޮޅު ޕާފޯމެންސް ލިސްޓުން ފުލަށް ދިޔަ ނ އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު މިދިޔަ އަހަރެއްހާ ދުވަހު ވަޒީފާއިން ޗުއްޓީގައި ގިނަ ދުވަސްތަކެއް ވަނީ ހޭދަކޮށްފައެވެ. ބަޝީރު އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ނަމަވެސް އޭނާ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގައެވެ.
އެގޮތުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަންކަން ބަޝީރު ވަނީ ކުރައްވައިފައެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1