އައްޑޫ ހިތަދޫ ލިންކު ރޯޑު/ ފޮޓޯ: އައްޑޫލައިވް
އައްޑޫގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތައް ނުހުއްޓުވި އަނެއްކާ ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމަކޮށްލައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިއަދުގެ މާރާމާރީ ވެސް ހިނގީ ހިތަދޫގެ ދެ ގްރޫޕެއްގެ މެދުގަ އެވެ. އަދި, އެ މާރާމާރީގައި 20 އަހަރުގެ ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެ ޒުވާނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ވަނީ ފަށާފަ އެވެ.
އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން މާލެ އަދި އައްޑޫ ސިޓީގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ އެ މާރާމާރީތަކާ ގުޅިގެން މާލެ އާއި އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ހާއްސަ މަސައްކަތްތަކެއް ފަށައި، މާލެއިން އައްޑުއަށް އިތުރު ފުލުހުންގެ ޓީމުތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައިި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ބުންޏެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1