އައްޑޫ ފިޝަރީޒް ކޮމްޕެލްކެސްގައި އިއްޔެ ހަވީރުން ފެށިގެން މަސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުން
މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އިހުތިޖާޖުގެ ކުރިންވެސް އަދި މިހާރުވެސް ބަލަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ފިޝަރީޒް ކޮމްޕެލްކެސްގައި އިއްޔެ ހަވީރުން ފެށިގެން މަސްވެރިން އިހުތިޖާޖު ކުރަމުން އަންނާތީ އެކަމާ ގުޅިގެން މިނިސްޓަރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން މަސްވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަދި އަޑު އަހަމުން އަންނަ ކަމަށެވެ.
"އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް މިދަނީ ހިއްސާ ކުރަމުން،" ޝިޔާމް ވިދާޅުވެފައިވެ އެވެ.
އެ ސަރަހައްދުގައި ކުރަމުން އަންނަ އިހުތިޖާޖުގައި 80 އެއްހާ މަސްވެރިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އިހުތިޖާޖުގެ ބައިވެރިން އަންނަނީ ބޭނި މަހަށް ފައިސާ ނުދީ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެކަމުގެ ސަބަބުން މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް ބިކަވެ، އަސާސީ ހަރަދުތައް ނުކުރެވި ދަރަނިވެރިވެފައިވާ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ. އަދި ކޮންމެ 15 ދުވަހަކުން އެ މީހުންނަށް ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެ މީހުން އަންނަނީ ގޮވާލަމުންނެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯތަކުން ފެންނަ ގޮތުގައި އެ މީހުން ބޭނުންވަނީ ސަރުކާރުގެ އިސްވެރިޔަކާ ބައްދަލުކޮށް މިކަމާ މެދު ވާހަކަ ދެއްކުމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި ސަރުކާރާ ދެކޮޅަށް ކުރާ އިހުތިޖާޖެއް ނޫން ކަމަށާއި މިއީ އެ މީހުންގެ ހައްގުތައް ހޯދުމަށް ވަކާލާތު ކުރުމަށް ކުރާ ކަމެއް ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1