ފޮޓޯ: މިނިސްޓްރީ އޮފް ހެލްތް
ހެލްތް މިނިސްޓްރީއިން ބޭއްވި ރަސްމިއަޔާތެއްގައި ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް އިތުރު 5 ފަރާތެއް ފޮނުވުމަށް ނިންމާ ލިޔުން ހަވާލުކޮށްފިއެވެ.
މި 5 ފަރާތަށް ލިޔުން ހަވާލުކޮށް ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އަޙްމަދު ޒާހިރުއެވެ.
ތެލެސީމިއާ ކުދިން ބޭނުންވާ ފަރުވާއާއި ބޭސް ވިހާވެސް ލުއި ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރަކާރުގެ އެއް އަމާޒު ކަމަށާއި، އެ އަމާޒަށް ވާސިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓާރ އޮފް ހެލްޓް އަޙްމަދު ނަސީމް ވިދާޅުވިއެވެ.
ތެލެސީމިއާ ކުދިންނަށް ދެމުން ގެންދާ ޙިދުމަތް އިތުރަށް ފުޅާކޮށް، މޯލްޑިވުސް ބުލަޑް ސާވިސްގެ ޖާގައިގެ ދަތަކަމަށް ހައްލެއް ހޯދުމުގެ ގޮތުން ތެލެސީމިއާ އާ ސެންޓަރެއް ގާއިމްކުރުމަށޓަކައި ހުޅުމާލެއިން ބިމެއް އެކަމަށް ހޯދާ މޯލްޑްވްސް ބުލަޑް ސާވިސްގެ އައު އިމަރާތެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމާއިފައިވާ ކަމަށް މިނިސްޓަރުގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.
"ތެލަސީމިއާ ކުދިންނަށް ބޭނުންވާ ޒަމާނީ ޚިދުމަތްތައް ތަޢާރަފްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫޢެއް. ތެލެސީމިއާ ފަރުވާގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެކި ގައުމުތަކުން މި ޚިދުމަތް ދެމުންގެންދާ ގޮތް ބަލައި ދިރާސާކުރުމަށް މިނިސްޓްރީން ގިނަ މަސަަައްކަތްތަކެއްވަނީ ކޮށްފައި. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިފަހަރު ބޯންމެރޯ ހަދަން ދާ ތެލެސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބުކަަމާއެކު ނިންމާލެވޭނެ ކަމަށް އުއްމީދުކުރަން. އަދި އެކުދިންނަށް ފާގަތި މުސްތަގުބަލަކަށް އުންމީދުކުރަން". ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މިނިސަޓަރު ފާހަގަ ކުރެއްވީ ބޯންމެރޯ ފަރުވާގެ ކަންކަން ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދިއުމަށް އެކި ޤާއުމުތަކުން ޙިދުމަތް ދެމުންދާގޮތް ހޯދާ ބަލާ ދިރާސާކުރުމަށް ބައިވަރު މަސައްކަތްތަކެއް ކުރެވިފައިވާނެކަމަށެވެ. އަދި އެ ކުރެވުނު ދިރަސާ ތަކުގެ އަލީގައި މިފަހަރު ބޯންމެރޯ ހަދާފަރާތް ތަކުގެ ކަންކަން ކާމިޔާބު ކަމާއެކު ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
ތެލެސީމިއާ ބަލީގައި 650 ފަރާތެއް މިހާރުވެސް ރާއްޖޭގައި ފަރުވާ ހޯދަމުންދެއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1