މި ފަހަރުގެ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވައިފި އެވެ.
ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުން ތަމްސީލު ކުރުމަށް އިންތިހާބުވެފައިވާ މެމްބަރުންނަށް މެމްބަރުކަމުގެ ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމް އަދުނާނެވެ.
މި ފަހަރުގެ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެ އެވެ.
މި ފަހަރުގެ މަޖިލީހުގައި ތިއްބެވީ އެންމެ ތިން އަންހެން މެމްބަރުންނެވެ. އެއީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ އަދި ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.
މި މަޖިލީހަކީ ވަރަށް ގިނަ އާ މެމްބަރުންތަކެއް ފެނިގެންދާނެ މަޖިލީހެކެވެ. އެތައް އަހަރެއް ވަންދެން މަޖިލިސް މެމްބަރުކަން ކުރެއްވި މެމްބަރުންނަށް ގޮނޑި ނުލިބި މި ފަހަރުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެވެ. މި ފަހަރުގެ މަޖިލީހުގެ ގާތްގަނޑަކަށް 70 އިންސައްތައަކީ އާ މެމްބަރުންނެވެ.
މަޖިލީހުގައި އިންނަވާ އެންމެ ހަގު މެމްބަރަކީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަލްސަނެވެ. އެންމެ ދޮށީ އުމުރުގެ މެމްބަރަކީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.
މެދުނުކެނޑި އެންމެ ގިނަ ދުވަހު މެމްބަރުކަން ކުރައްވާ މެމްބަރަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ.
އެ ހައިސިއްޔަތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މެމްބަރު ސިޔާމެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވާ ޖަލްސާ މިއަދު ހެނދުނު 10:15 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
0%
0%
0%
0%
0%
19 ފެބުރުވަރީ 2025
0
12 ފެބުރުވަރީ 2025
0
12 ފެބުރުވަރީ 2025
0
10 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1