ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭން ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 50 މީހުން މި ފެށޭ އަހަރު މައްކާއަށް ފޮނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް 1000 މީހުން ހިލޭ ހައްޖަށް ފޮނުއްވާނެ ކަމަށެވެ. އެގޮތުގެ މަތިން ފުރަތަމަ އަހަރު 50 މީހުން ހައްޖަށް ފޮނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަސް އަހަރު ތެރޭގައި 1000 މީހުން ހިލޭ ހައްޖަށް ފޮނުވުން. ފުރަތަމަ 50 މީހުން. އެކި އަހަރު އަދަދުތައް ތަފާތުވާނެ،" ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ހާމަ ކުރައްވާފައިވާ ގޮތުން ކޮންމެ އަހަރަކު ވެސް ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ ކޯޓާ ހަމަޖެހޭ މިންވަރުންނެވެ.
ފަގީރުން ހިލޭ ހައްޖަށް ގެންދާއިރު، ފޯރުންތެރިކަން ދަށް މީހުންނަށް، ބަހާލައިގެން ހައްޖުގެ އަގު ދެއްކޭނެ ގޮތް ހަދާނެ ކަމަށް ރައީސް މީގެކުރިން ވިދާޅުވެފައިވެ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1