އިހުގައި ރަށުގެ ރައްޔިތުން ނުކުމެ ދޯނި އެހެލާ މަންޒަރު- ފޮޓޯ/ފޮޓޯގެ ހައްގުވެރިފަރާތަށް
12 މާރިޗު 2023
0
ނ.ކެނދިކުޅުދޫއަކީ ދިގު ތާރީހެއް އޮތް ރަށެކެވެ. ބިމުގެ ގޮތުން އިންތިހާއަށް ބޮޑުވެފައި ގުދުރަތީ ރީތިކަން ވެސް އެހާ ފުރިހަމަ އެވެ. އަދި އެއާއެކު އެ ރަށަކީ އަބަދުވެސް ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ވަރަށް ހާއްސަ މެހެމާންދާރީއެއް އަދާކުރި ރަށެކެވެ. މިފަހަރުގެ މި ރިޕޯޓުގައި ވެސް އަޅުގަނޑު އަލި އަޅުވާލާނީ އެކަމަށެވެ.
ކެނދިކުޅުދޫ އޭރުވެސް މިހާރުވެސް ސިފަކުރާ ގިނަބަޔަކު ފާހަގަކުރާ އެއްކަމަކީ އެ ރަށުގެ މީހުންގެ ހިތްހެޔޮކަމެވެ. ހާއްސަކޮށް އަވަށްޓެރި ރަށްރަށާ ބާއްވާ ގާތް ގުޅުމާއި، ކަންކަމުގައި ވެދީފައި ހުރި އެހީތެރިކަމަކީ ލާމަސީލު ނަމޫނާއެކެވެ. މިހާރަށް ވުރެން އިހުގައި އެކަން އަދި މާބޮޑެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތެއް ހޯދައިގެން ވެސް ރަށަށް އަރައި ފައިބާ މެހެމާނުން ދަނީ ހިނިތުންވުމަކާއެކު ހިތްރުހިގެންނެވެ.
މި ރިޕޯޓުގައި އަޅުގަނޑު އެންމެ ފާހަގަކޮށްލަން ބޭނުންވި ކަމަކީ ރަށަށް އައިސް އުޅޭ މެހެމާނުންނަށް ރަށުގެ ރައްޔިތުން ދިން ވަރަށް ތަފާތު މެހެމާންދާރީއެއްގެ ވާހަކައެވެ. ކެނދިކުޅުދޫއަކީ އަހަރަކު އެއްފަހަރު ބޮޑު މާލޫދު ކިޔުން ވަރަށް ފުރިހަމައަށް ގެނދިޔަ ރަށެކެވެ. ކޮންމެ އަހަރަކުވެސް މިކަން ކުރަނީ ދުރާލައި ރާވައިގެން މުޅި ރަށުގެ ކުދިބޮޑު އެންމެންގެ ހިއްސާ އޮވެގެންނެވެ.
މި ބޮޑު މާލޫދު ކިޔުމުގެ ފޯރި އިތުރު ކުރުމާއި އެކަން ފާހަގަކުރުން ފުރިހަމަ ކޮށްލުމަށްޓަކައި އަބަދުވެސް އަތޮޅުތެރޭ ރަށްރަށާއި، އަތޮޅުގެ ބޭރުން ރަށްރަށަށް ދައުވަތު ދޭނެއެވެ. މިހަން ދައުވަތު ދޭ ރަށްރަށުން ފައުޖު ހަދާފައި ރަށަށް އަންނަންވާއިރަށް ވަރުގަދަ ކެއުންގަނޑެއް އަބަދުވެސް އޮންނާނީ ތައްޔާރުކޮށްލައިފައެވެ. މި ކެއުންގަނޑު ތައްޔާރުކުރުމަށް ރަށުގެ ހުރިހާ ކަނބަލުން ވެސް އަވަދިނެތި މަސައްކަތްކުރާ އިރު، މިވެރިންނަށް އެހީތެރިވެދިނުމަށް އަވަށްޓެރި ރަށްރަށުން ވެސް ގުރޫޕު ހަދާލާފައި ރަށަށް އަންނާނެއެވެ.
އަދި ކެއްކުމުގައްޔާއި، އަދި އޭގެ އިތުރުން ވެސް މި ކެއުންގަނޑު ތައްޔާރުކުރުމަށް ރަށުގެ ފިރިހެން ވެރިންވެސް ފޯރިއާއެކު އަންހެންވެރިން ބުނި ކަމެއް ކޮށްދެން ތިބޭނީ ތައްޔާރަށެވެ. ބޮޑުމާލޫދު ކިޔުމާއި، މިދެންނެވި ކެއުންގަނޑު ތައްޔާރުކޮށް އެކަމުގެ ތެރޭގައި ހަފްތާއެއް ވަންދެން މުޅި ރަށް އޮންނާނީ ޝާމިލްވެފައެވެ. މިކަމުން ދޭހަވާ އެއްކަމަކީ ބޮޑު މާލޫދަށް އޭރު ދީފައިވާ ގަދަރާއި އެކަމަށްވާ ތައްޔާރީއެވެ. އެހެނަސް އެހިސާބުން އަދި ނުނިމެއެވެ.
މިކަމުގެ ތެރެއިން އެންމެ ހާއްސަކަމެއް ކަމަށް އަޅުގަނޑަށް ފާހަގަވީ ދައުވަތު ދީގެން ރަށަށް ގެންނަ މެހެމާނުންގެ ތެރެއިން ހާއްސަ މީހުންނަށް ދީފައިވާ މެހެމާންދާރީއެކެވެ. އެ ދުވަސްވަރަކީ ބަނދަރު ނުހުންނަ ދުވަސްވަރެއްކަމަށް ވުމާއެކު ބައެއްފަހަރަށް ދޯނިތައް ފުރާ ލެފުމުގައި ދަތިތަކެއް ހުރެއެވެ. ނަމަވެސް ރަށަށް އަންނަ ހާއްސަ މެހެމާނުންނަށް އެކަމުގެ ތުރާލެއް ނުޖައްސައެވެ. ކަންކުރާ ގޮތަކީ ރަށުގެ ފިރިހެން ވެރިން ނުކުމެ އެ ދޯނިތައް އޭގައި ތިބި މީހުންނާއެކު ރަށަށް ގެންގޮސް ބީއްސާލަނީއެވެ.
މިއީ މިހާތަނަށް އަޅުގަނޑު އަޑުއެހި މެހެމާންދާރީ އަދާކުރުމުގެ ވާހަކަތަކުގެ ތެރެއިން އެންމެ ރީތިއެއް ވާހަކައެވެ. ކަނޑު ކިތަންމެ ގަދަވިޔަސް ނުތެމި ހުރިހާ މެހެމާނުން ފައި ޖައްސާލަން ޖެހޭނީ ސީދާ ވެލިގަނޑަށެވެ. އޭރުން އެއްވެސް މެހެމާނަކަށް ނުތެމި ހިތްހަމަ ޖެހިގެން ރަށަށް ފޭބިގެންދާނެކަން ޔަގީނެވެ.
މިކަހަލަ ކިތަންމެ ބައިވަރު މެހެމާންދާރީ އަދާކުރުމުގެ ނަމޫނާތަކެއް ކެނދިކުޅުދޫ ރައްޔިތުން ދައްކާފައިވާކަން ތާރީހުން އެނގެން އެބަހުއްޓެވެ. މި ކުރުކުރު ރިޕޯޓުގައި މި ހިމަނާލި ވާހަކައަކީވެސް މިއަދުގެ ޒުވާނުން އިބުރަތަކަށް ނަގަން ރަނގަޅު ނަމޫނާއެކެވެ. ކެނދިކުޅުދޫއަށް މީހުން އިހުން ސުރެއް ބޮޑު ގަދަރެއް ކުރަނީ މިކަހަލަ ކިތަންމެ ކަންކަމެއް ކޮށްފައި ހުރުމުންނެވެ.
ނޯޓު: މިއީ ހަމައެކަނި ކެނދިކުޅުދޫގައި ކޮށްއުޅުނު ކަމެއް ނޫނެވެ. ދިވެހި އެތައް ރަށެއްގައި މެހެމާންދާރީ އަދާކުރުމުގެ ގޮތުން ފަހަކާ ޖެހެންދެން ކޮށްއުޅެމުން އައި ކަމެކެވެ.
0%
0%
0%
0%
0%
12 މާރިޗު 2023
0
12 މާރިޗު 2023
0
12 މާރިޗު 2023
0
12 މާރިޗު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1