ކެނދިކުޅުދޫ އީކޯ ޕާކު އަލުން މަރާމާތު ކުރުމުގެ މަސައްކަތުގައި ޒުވާނުން --- ފޮޓޯ/ކޭކޭއީކޯޕާކު (ފޭސްބުކް)
12 މާރިޗު 2023
0
މިދިޔަ ދެ ތިން އަހަރުގެ ތެރޭ ރާއްޖޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ނ.ކެނދިކުޅުދޫގެ އީކޯ ޕާކު އަލުން މަރާމާތުކުރަން ފަށައިފިއެވެ.
ޖުމްލަ ނުވަ ކުޅި އޮންނަ ކެނދިކުޅުދޫގެ ކުޅިއެއްގައި ހެދި މި ޕާކުން ގުދުރަތީ ރީތިކަން، ވަރަށް ފުރިހަމައަށް ފެނެ އެވެ. މީގެ ތިން އަހަރު ކުރިން ކެނދިކުޅުދޫގެ ޒުވާނުންގެ ތެރެއިން ބަޔަކު އިސްނަގައިގެން މި ފެށި މަސައްކަތް ވައިގައި ހިތްޕާލި އިރު އެންމެ ފުރަތަމަ ގިނަބައެއްގެ ލޮލުގައި އަޅައިގަތީ ކުޅީގައި އަޅާފައިވާ ފާލަމާއި އެ ފާލަމުގެ ކޮޅުގައި ހަދާފައިވާ ހަޓެކެވެ.
އޭގެ ފަހުން އިތުރަށް ކުޅިތައް ތަރައްގީކޮށް ފާލަންތައް ވަނީ އިތުރުކޮށް، ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހާއްސަ މަންޒިލަކަށް އެތައް ވަނީ ވެފައެވެ. ނަމަވެސް އީކޯ ޕާކުގެ ފެށުން ކަމުގައިވާ ފުރަތަމަ ފާލަމާއި ހަޓަށް އަޅައި ނުލައި ހުރުމުގެ ސަބަބުން އެތަން މިފަހުން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އެކަން ސޯޝަލް މީޑިއާގައި ވެސް އެކިފަރާތްތަކުން ފާހަގަކުރަމުން ދަނިކޮށް އަނެއްކާވެސް އެތަން ހަދަން ފުރަތަމަ ފެށި ޒުވާނުންގެ ގުރޫޕުން ވަނީ ނުކުމެ އަލުން އަނބުރާ އީކޯ ޕާކުގެ ފުރަތަމަ ފޭސް ތަރައްގީ ކުރުމަށް މަސައްކަތް ފަށައިފައެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ސުޖާއު (ސުޖާ) ބުނީ މިތަނަކީ ކެނދިކުޅުދޫގެ ފަޙުރަކަށްވީއިރު މިތަން ބެލެހެއްޓުމުގައި ޒިންމާދާރުވާން ޖެހޭނެ ކަމަށެވެ.
ސުޖާ ބުނީ މިތަން ބެލެހެއްޓުމަކީ ރަށުގެ ހުރިހާ އެންމެންގެ ވެސް ޒިންމާއެއް ކަމަށާއި، މި ސަރަހައްދު ސާފުތާހިރުކަމާއެކު ނަލަކޮށް ބޭއްވުމަކީ ރަށުގެ ކުދިބޮޑު އެންމެންވެސް ކުރާހިތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ސަބަބަކީ ކެނދިކުޅުދޫއަށް މިތަނުގެ ސަބަބުން އެތައް ބަޔަކު ޒިޔާރަތްކޮށް، މިރަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ޕްރޮމޯޓުވާނެތީ ކަމަށެވެ.
މީގެ އިތުރުން ރަށުގެ ޒުވާނުން އިސްނަގައިގެން ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށާއި، މިފަދަ އީޖާދީ ޙިޔާލުތައް ހިއްސާކޮށް އިތުރަށް ކެނދިކުޅުދޫ އީކޯ ޕާކު ފުރިހަމަ ކުރުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ސުޖާ ބުންޏެވެ. އަދި މާލީ ގޮތުންނާއި، މަސައްކަތުގެ ތެރެއިން އެހީތެރިވެދެއްވާ ހުރިހާ ބޭފުޅުންނަށް ސުޖާ ވަނީ ޝުކުރު އަދާކޮށްފައެވެ.
0%
0%
0%
0%
0%
12 މާރިޗު 2023
0
12 މާރިޗު 2023
0
12 މާރިޗު 2023
0
12 މާރިޗު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1