ކުރީގެ ރައީސް ޔާމީން އަދި ރައީސް ޑރ. މުއިއްޒު އެކުގައި --
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެލެއްވިތާ ހަފުތާއެއް ނުވެ، ޕީޕީއެމް/ޕީއެންސީގެ އެތެރޭ ކޯޅުންތައް ފަޅައިގެން ގޮސް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފެކްޝަނުން ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.
ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލެއްވިކަން މިރޭ ހާމަކުރައްވާފައިވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު މިރޭ "ޗެނަލް 13" އަށް ދެއްވި ފޯނު އިންޓަވިއުއެއްގައެވެ. ޖަމީލް އެ އިންޓަވިއުގައި ވިދާޅުވީ، އެމަނިކުފާނު ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވަނީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ނުނަންގަވާތީއާއި ވެރިކަމަށް އާދެވުނު ހިސާބުން، ރައީސް، ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު ގުޅުއްވުމުން ފޯނު ނުނަންގަވާތީ ކަމަށެވެ.
ރައީސް ޔާމީންގެ އެނިންމެވުމާއި އެކީ ދެން ޕީޕީއެމް އަދި ޕީއެންސީއަކަށް ވެސް އެމަނިކުފާނަށް ބާރު ނުފޯރުވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ޕީޕިއެމް އޮތީ ބަޔަކު މީހުން ހިސޯރު ކޮށްފައި ކަމަށާއި ޕާޓީގެ އޮފީހަށް ވެސް ބަޔަކު މީހުން ވަދެ ނުލާ ކަމަށެވެ.
އެފަހުން މިރޭ ޕީޕީއެމުން ވަކިކުރި ކުރީގެ ސައިންސް މިނިސްޓަރު އަދި މިހާރު ޔާމީނާ އެކު އެންމެ އަރިސްކޮށް ސިޔާސީ މަސައްކަތް ކުރައްވާ އެއް ބޭފުޅާ ކަމަށްވާ މުހައްމަދު މަލީހު ޖަމާލް ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުގެ ލެޖިޓިމެސީ ގެއްލިފައިވާ ކަމަށެވެ. އެހެންވެ، އޭނާ ވަނީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ގޮވާލައްވައިފައެވެ.
"ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ނުކުރެއްވި. ވެރިކަމަށް ވަޑައިގަތް ހުސް ގޮނޑި ހަދާން ނެތިއްޖެ. ޑރ. މުއިއްޒުގެ ވެރިކަމުގެ ލެގިޓިމަސީ ގެއްލިއްޖެ. ވަގުތުން ޑރ. މުއިއްޒު އިސްތިއުފާ ދެއްވުމަށް ގޮވާލަން،" މަލީހު ވިދާޅުވިއެވެ.
އޭނާ އިޝާރާތް ކުރެއްވީ ރިޔާސީ ކެމްޕޭން ތެރޭ ބޭއްވި ޖަލްސާތަކުގައި ޔާމީންގެ ނަންފުޅު ޖައްސަވާފައި ރައީސް މުއިއްޒު އަރިހުގައި ބެހެއްޓެވި ހުސް ގޮނޑިއަށެވެ. ވެރިކަމަށް ހޮވިވަޑައިގެން ފަހުން، އެ ހުސްގޮނޑި ބެހެއްޓުން ވަނީ ހުއްޓައިލައްވައިފައެވެ.
އަދިވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވަނީ އާ ޕާޓީއެއް އުފައްދަވައިގެން ސިޔާސީ މަސައްކަތް ކުރަން ނިންމަވައިފައެވެ. މި ކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
0%
0%
0%
0%
0%
22 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1