ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވައިފިއެވެ. އެމަނިކުފާނު ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވީ، ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅު ތެރެއިން މިއަދު މެންދުރުކުރީގައެވެ.
ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ފީފާގެ ސްޓޭންޑާޑާށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިމަސައްކަތް ކުރައްވާފައި ވަނީ، މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ. މިއީ ރައީސްގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ، ރަށްރަށުގައި ބޮޑެތި ފުޓުބޯޅަ ދަނޑުތައް އެޅުމުގެ ވައުދުގެ ތެރެއިން ކުރިއަށްދިޔަ ޕްރޮޖެކްޓެކެވެ.
މި ސަރުކާރުގެ އަމާޒަކީ 100 ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލުމެވެ. އޭގެ ތެރެއިން ބޮޑުބައި ނިމި، ބާކީ ހުރި ދަނޑުތަކުގެ މަސައްކަތް ވަނީ ފަށައި، ނުވަތަ ފެށުމާ ގާތުގައެވެ.
ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރާކުނުގައި މި ސަރުކާރުން ޤާއިމްކޮށްދެއްވި ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސް ހުޅުއްވައި ދެއްވާފައެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.
0%
0%
0%
0%
0%
22 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1