ގުޅިގެން މަސައްކަތްކުރުމަށް ނިންމި ތިން ލީޑަރުން
ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް މަޖުބޫރުވެ އެކަމަށް އެއްބަސްވެއްޖެއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ ލީޑަރު މުހައްމަދު ނަޝީދާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ މިއަދުގެ ވަގުތެއްގައި ޖޭޕީގެ މައި އޮފީސް، ކުނޫޒުގައި ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމުގައި ކުރިއަށްދިޔައީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މަޝްވަރާތަކެވެ.
ބައްދަލުވުމަށްފަހު ކުރިއަށް ދިޔުމަށް ނިންމާފައިވާ ފޯމިޔުލާއަކީ އެއް ކެންޑިޑޭޓަކު ނެރި ގުޅިގެން މަސައްކަތްކުރުންކަމަށް ތިން ލީޑަރުން ވަނީ އިއުލާންކުރައްވާފައެވެ. ތިން ލީޑަރުންވެސް ވަނީ އެފޯމިޔުލާގައި މަސައްކަތްކުރެވޭނެކަމަށް ވިދާޅުވެފައެވެ.
ތިން ޕާޓީއަށްވެސް މިގޮތަށް ކުރިއަށް ދިޔުމަށް މަޖުބޫރުވީ އަތޮޅުތެރެއިން އެޕާޓީތަކަށް ތާއީދުނެތްކަން ހާމަވުމުންކަމަށް ބެލެވެއެވެ.
މިތިން ސިޔާސީ ޕާޓީންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވީނަމަވެސް، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިތިން ޕާޓީއާއި ގުޅުމަށް ނިންމާފައިނުވެއެވެ. އެހެންނަމަވެސް، ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސްގެ ވިސްނުމަކީ ސަރުކާރާއި ދެކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމެވެ.
ތިން ޕާޓީން ގުޅިގެން މަސައްކަތްކުރުމަށް ނިންމިނަމަވެސް، މިތިން ލީޑަރުންގެ ތެރެއިން ގާސިމާއި ނާޒިމަކީ ޕާޓީގެ ރިޔާސީ ޓިކެޓާއި ހަވާލުވެފައިވާ ދެބޭފުޅުންނެވެ. ރައީސް ނަޝީދުވެ ސަރުކާރާއި ދެކޮޅަށް ކެމްޕެއިން ކުރައްވަމުން ގެންދެވިނަމަވެސް، ޑިމޮކްރަޓްސްގެ ޕްރައިމަރީއަށް ކުރިމަތިނުލައްވާނެކަމަށް މިހާރު ވަނީ ވިދާޅުވެފައެވެ.
0%
0%
0%
0%
0%
އަލިވިލާ
20 ޖުލައި 2023
އެބައްދަލުވުމުން ފެނިގެންދިޔައީ ގާސިމް ރައީސް ނަޝީދު އޮތީކުރިމަތިނުލާނެވާހަކަ ވިދާޅުވެފައި އެހެންބުނިހިސާބުް އަވަސްއަވަހަށް ތަންދޫކޮއްފަދިޔައީ އެކަމުންވެސް އެބައެނގޭ އޭނަނޫންމީހަކައް އޭނަފުރުތު ނުދޭނެކަން
އިބޫ
19 ޖުލައި 2023
އެއީކި ނޫން ވީގޮތަކީ ، ނޫސް ހިންގަން ލާރިކޮޅެއް ދޭންބުނެފަ އިނީމަ ކޮންމެސް މޮޅު އެއްޗެއް ޖަހާލަން ވާނެއެއްނު - މޮ ކޮމެންޓް ފެންނާނެބާ
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1