މިފަހަރުގެ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓުންތައް ތައްޔާރުވަމުން ދިޔައިރު، އެންމެ ފުރަތަމަ ކޯލިޝަން ހެދުމަށް ނިންމި އެއް ޕާޓީއަކީ ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ލީޑު ކުރައްވާ އެމްޑީއޭއިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެ ޕާޓީއިން އިންތިހާބުގެ ފުރަތަމަ ބުރާއެކު ދެވަނަ ބުރަށް ވެސް އެގޮތުގައި ތިބޭނެ ކަމަށް ބުނެފައިވަނިކޮށް ރޭ ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވާ ރައީސަށް ކުރި ތާއީދު އަނބުރާ ގެންގޮސް، އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމާފައެވެ.
އެމްޑީއޭގެ މި ނިންމުމާއެކު ގިނަބަޔަކަށް އެކަންވީ ޖޯކަކަށެވެ. ސަބަބަކީ ރިޔާސީ ކެމްޕޭނުގައި އެ ޕާޓީގެ ރައީސް ސިޔާމްއާއި ނައިބު ލީޑަރު އަލީ މައުރޫފްމެން ފަދަ ބޭބޭފުޅުން ދެއްކެވި ވާހަކަތަކެވެ. ރައީސް ސޯލިހަށް ތައުރީފްކޮށް ގިނަ ވާހަކަތަކެއް އެމްޑީއޭގެ ލީޑަރުން އެކި އެކި ޖަލްސާތަކުގައި އަޑުހަރުކޮށް ދެއްކި އިރު، އިއްޔެއާ ޖެހެންދެން ސޯޝަލް މީޑިއާގައި ވެސް އެކަން އައީ ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ. ހަމައެއާއެކު އިދިކޮޅު ކެނޑިޑޭޓް މުއިއްޒުއަށް ރައްދުކޮށް ގިނަ ތުހުއްމަތުތަކާއި، ޕީޕީއެމް ލީޑާޝިޕަށްވެސް ފާޅުގައި އެމްޑީއޭއިން އައީ ފާޑު ކިޔަމުންނެވެ.
އެކަމަކު ރޭގެ ކައުންސިލް ބައްދަލުމުގެ ނިންމުމަށްފަހު އެމްޑީއޭގެ ލީޑަރުންގެ ރާގުތައް ވަނީ މުޅިން ބަދަލުވެފައެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ގޮތެއް ނިންމުމަށް އެމްޑީއޭގެ ގައުމީ މަޖިލީހުން ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ އެ ޕާޓީގެ ނިންމުމާ އެއްގޮތަށް، މުއިއްޒު އިންތިޚާބު ކުރުމަށް ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
"އެނގިލައްވާނެ އަޅުގަނޑުމެންނަކީ އެ ކަމަކަށް ބަޔަކާއެކު ކަމަށް އާނ ބަސް ކިޔައިފި ކަމަށް ވަންޏާ އެކަމެއް ކާމިޔާބުކުރުމަށް ވަރަށް މަސައްކަތް ކުރާ ބައެއް،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމްއާއި އެމްޑީއޭގެ ލީޑަޝިޕުގެ ރާގު ކުއްލިޔަކަށް ބަދަލުކޮށްލައި މުއިއްޒުއަށް ތާއީދުކުރާކަން އިއުލާން ކުރި ނަމަވެސް ޕީޕީއެމްއާއި އިދިކޮޅު މެމްބަރުން އެމްޑީއޭއިން މުއިއްޒުގެ ކެމްޕޭނުގައި ބައިވެރިނުވާން އަންނަނީ ގޮވާލަމުންނެވެ. ޕީޕީއެމްގެ ބައެއް މެމްބަރުން ބުނާގޮތުގައި ސިޔާމް އަދި އެމްޑީއޭއިން ކެމްޕޭނާއި ގުޅިގެން އިދިކޮޅަށް ލިބޭ ފައިދާއަށް ވުރެން ބޮޑުވާނީ ގެއްލުމެވެ. އަދި ރައީސް ސޯލިހް ނުހޮވޭނެހެން ހީވާން ފެށުމުން ކޮޅު ބަދަލުކޮށްލުމުން ވެސް ދޭހަވަނީ އެމްޑީއޭގެ އިހުލާސްތެރިކަމެއް ނެތްކަން ކަމަށް ބައެއް މެމްބަރުން ބުނެއެވެ.
"ހޮވުނީމަ ބުނިނަމަ އަހަރެންގެ ބުރަ މަސައްކަތުންނޭ ހޮވުނީ؟ މިކަހަލަ މީހުން ބަލައިގަންނަނީ ދިވެހިން ގަމާރުވީމަ," ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ ޒާހިދު ރަމީޒް (ޒާޓު) ޓްވިޓާގައި ބުނެފައިވެއެވެ.
އެހެން މީހަކު ބުނި ގޮތުގައި ޝިޔާމުއަކީ މާމުއި ވިޔަފާރީއަށް ރަނގަޅު ބޭފުޅެއް ކަމަށާއި، އެހެން ނަމަވެސް ކޯލިޝަން ހަދައިގެން ގާތްކުރަން ހެޔޮވާވަރު ބޭފުޅެއް ނޫންކަމަށް ޓްވިޓާގައި ބުނެފައިވެއެވެ. އަދި ޝިޔާމުއާއި ނުލައިވެސް ޕީޕީއެމްއަށް ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބުކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، ފުރަތަމަ ބުރުގެ ނަތީޖާ އައި ގޮތުން، ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ވުރެ މާ ބޮޑު ތާއީދެއް ޑރ. މުއިއްޒަށް ލިބިވަޑައިގަތުމުން އެ ޕާޓީގެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ބޭފުޅުން ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް އެދިލެއްވި ކަމަށެވެ.
0%
0%
0%
0%
0%
ކިޔާ ގޮލާ
27 ސެޕްޓެންބަރު 2023
ވޯޓުގެނޭ، އެކަމު މަގޭމެން ފަހަތުން އައިސްގެން ނުވާނެ. އައިއްސިއްޔާ ލަޑާނަން. 🤣
22 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1