އަލިބެ ޕީއެންސީއަށް ސޮއިކުރައްވާ ފޯމު ހަވާލުކުރައްވަނީ -
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގައި ގިނަ އަހަރުތަކެއް ވަންދެން ސިޔާސީ މަސައްކަތުގައި އުޅުމަށްފަހު "ސިޔާސީ ޕްލެޓްފޯމް ބަދަލުކޮށް" އަންނަ މަޖިލީސް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ކެނދިކުޅުދޫ ދާއިރާއަށް ކުރިމަތި ލައްވާ ކެނޑިޑޭޓް މުހައްމަދު އަފޫ ހާމިދު (އަފޫ) އަށް ތާއީދު ކުރައްވަން ނިންމާފައިވާ ކަން ކުރީގެ ނ އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ އަލީ ޝަރީފް (އަލިބެ) ހާމަކުރައްވައިފިއެވެ.
އެމްޑީއޭގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އަލިބެ ވަނީ އަންނަ އަހަރުގައި ބާއްވާ މަޖިލީސް އިންތިހާބަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ހުރިކަން މީގެ ކުރިން ހާމަކޮށްފައެވެ. އެހެން ނަމަވެސް އެމްޑީއޭއިން އިތުރު ކެނޑިޑޭޓެއް ނެރުމަށް ވާހަކަތައް ދެކެވެމުން އަންނަ އިރު، އަލިބެ ރޭ ވަނީ އެ ޕާޓީ ދޫކޮށް ޕީއެންސީއާ ރަސްމީކޮށް ގުޅުނުކަން އިއުލާން ކުރައްވައިފައެވެ.
އަލިބެ ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރެއިން ފެށިގެން ސިޔާސީ ޕްލެޓްފޯމް ބަދަލުކޮށް، ޕީއެންސީއާ ގުޅުނު ކަމަށާއި، އަންނަ އިންތިހާބުގައި އޭނާ ތާއީދު ކުރައްވާނީ އަފޫއަށް ކަމަށެވެ.
"އަޅުގަނޑު ( ކެނދިކޮޅު،ހަވާ/ނ.ކެނދިކުޅުދޫ ޢަލީ ޝަރީފު ) މިއަދުން ފެށިގެން ޕީއެންސީ އަށް ސޮއިކޮށް، ސިޔާސީ ގޮތުން މަސައްކަތް ކުރަމުން އައި ޕްލެޓްފޯމް ބަދަލުކުރި ވާހަކަ ތިޔަ އެންމެ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވިން. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަފޫ ޙާމިދަށް ތާއީދުކޮށް ސާބިތުކަމާއެކު ހުރި ކަމުގައިވެސް ދެންނެވިން." އަލިބެގެ ޕޯސްޓުގައި ވިދާޅުވެފައެވެ.
އަލިބެ ވަނީ މީގެ ކުރިންވެސް ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ދާއިރާގައްޔާއި، އަތޮޅު ތެރޭގައި ކުރައްވާފައެވެ. މީގެ އިތުރުން އަލިބެ ވަނީ ކުރިން ކެނދިކުޅުދޫގެ ކުޑަ ކަތީބުކަން ވެސް ކުރައްވައިފައެވެ.
އަލިބެ ވިދާޅުވީ މަޖިލީސް 2024 އަށް ނުކުތުމުގެ އަޑުތައް ފެތުރިފައިވަނިކޮށް އަފޫއަށް ތާއީދުކޮށް ޕީއެންސީއަށް ސޮއި ކުރެއްވީ ކެނދިކުޅުދޫއަށް ބޭމުމްވާ ތަރައްގީ އެންމެ ފުރިހަމައަށް ގެނައުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރެވޭނެ އެންމް ގާބިލް ކެނޑިޑޭޓަކީ އަފޫ ކަމުގައި ވާތީ ކަމަށެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1