ރިޔާސީ އިންތިހާބުގެ ދެވަނަ ބުމިރޭ ބޭއްވި ޑިމޮކްރެޓްސްގެ ކައުންސިލްގެ ބައްދަލުވުން: ފޮޓޯ/ދައުރު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ގޮތް ނިންމުމަށް ދަ ޑިމޮކްރެޓްސް ޕާޓީއިން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެމްޑީޕީ އަދި ޕީއެންސީއަށްވެސް އިތުރު ފުރުސަތެއް ދޭން ފާސްކޮށްފިއެވެ.
މިރޭ ކުރިއަށްދިޔަ ކައުންސިލް ބައްދަލުވުމަށް ގަރާރު ހުށައެޅުއްވީ އެ ޕާޓީގެ މުހައްމަދު ޝިފާޒު (ޝިއްޕެ) އެވެ. އެ ގަރާރުގައި ޝިފާޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ ދެ ޕާޓީ އަށް ތަފާތު ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއެކު ކޯލިޝަން ހަދާ ނަމަ، 28 ސެޕްޓެމްބަރުގެ ކުރިން ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާ އެ މަސައްކަތް ރައީސް ކުރައްވަން ޖެހޭނެ ކަމަށާއި، އެ ނިންމުން މި މަހުގެ 20 ގެ ކުރިން ނިންމާ ޑިމޮކްރެޓްސްއަށް ހުށައަޅަން ޖެހޭނެ ކަމަށް ޝިއްޕެގެ ގަރާރުގައިވެއެވެ. އަދި އެހެން އެކަން ވެއްޖެ ނަމަ އެމްޑީޕީއާއެކު އިތުރަށް މަޝްވަރާ ކުރުމަށް ފުރުސަތު ދޭނެ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޕީއެންސީއިން 20 ސެޕްޓެމްބަރުގެ ކުރިން ޑިމޮކްރެޓްސްއާއެކު އައު ސަރުކާރެއްގައި މަސައްކަތް ކުރާނެ ގޮތަކާއެކު ލިޔުމުގައި ސޮއިކޮށްގެން ކުރިއަށްދާން އެއްބަސްވެއްޖެ ނަމަ އެ ޕާޓީއާއެކު ވެސް ކޯލިޝަން މަޝްވަރާ ކުރާނެ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.
އެ ދެ ޕާޓީއިންވެސް 20 ސެޕްޓެމްބަރުގެ ކުރިން އެކަމަށް ގޮތެއް ނުނިންމާ ހިނދަކު އެއްވެސް ޕާޓީއާއަކާ ނުގުޅި އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަނެއް ނުހަދާ މަޑުކުރުމަށް ގަރާރުގެ ތިންވަނަ ނުކުތާގައި ވަނީ ބުނެފައެވެ.
މިރޭގެ ކައުންސިލް ބައްދަލުވުމުގައި މި ގަރާރަށް ފުޅާ ދާއިރާއެއްގައި ޑިމޮކްރެޓްސްގެ ކައުންސިލް މެމްބަރުން ވާހަކަ ދައްކާފައިވާ އިރު، ގަރާރު ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ތާއީދާއެކުއެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1