އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހު 30 ގައި، ފޮޓޯ: ޕީއެސްއެމް
އިލެކްޝަންސް ކޮމިޝަނުން ރީރަޖިސްޓަރ ކުރުމަށް ހުޅުވާލި ފުރުސަތުގައި 47،000އަށްވުރެ ގިނަ ފޯމު އެކޮމިޝަނަށް ލިބިފައިވާކަމަށް ކޮމިޝަނުން ހާމަކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއިންތިޚާބުގެ ފުރަތަމަ ބުރަކީ މިހާތަނަށް އެންމެ މަދު މީހުން ވޯޓު ލާން ނުކުތް ފަހަރުކަން ފާހަގަކުރެވެއެވެ. 282،395 މީހުން ފުރަތަމަ ބުރުގައި ވޯޓުލުމަށް ޝަރުތު ހަމަވިއިރު ވޯޓުލާފައިވަނީ 80 އިންސައްތަ މީހުންނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 56،000އަށްވުރެ ގިނަ މީހުން ވޯޓު ލާފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރީރަޖިސްޓްރީކުރުމަށް އީސީގެ ކައުންޓަރުތަކުންނާއި އޮންލައިން ޕޯޓަލް އަދި އަތޮޅުތަކުގެ ފޯކަލް ޕޮއިންޓްތައް މެދުވެރިކޮށް 47،000 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 19،000އަށްވުރެ ގިނަ ފޯމު މިހާތަނަށް ޕްރޮސެސްކޮށް ނިމިފައިވާއިރު 27،000 ފޯމު ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އީސީން ބުނެއެވެ.
ފޯމުތައް ވެރިފައިކޮށް ނިމުމުން ރީރެޖިސްޓްރޭޝަން ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޝާއިިއުކޮށް ޝަކުވާ ހުށަހެޅުމަށް ފުރުސަތުދޭނެ ކަމަށް އީސީން ބުނެފައިވެއެވެ.
އީސީން ވަނީ ރީރަޖިސްޓްރޭޝަންގެ މަސައްކަތާއި އެމަސައްކަތުގައި ބޭނުންކުރަމުންދާ ޕޯޓަލްގެ އިތުބާރު ގެއްލޭ ގޮތަށް ފަތުރަމުންދާ ވާހަކަތައް ކުށްވެރިކޮށްފައެވެ. އެޕޯޓަލްއަކީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ބޭނުންކުރަމުން އަންނަ ޕޯޓަލްއެއްކަމަށާއި ނިމިދިޔަ ހުރިހާ ބައި-އިލެކްޝަނެއްގައިވެސް ބޭނުންކޮށްފައިވަނީ އެޕޯޓަލްކަމަށް އީސީން ބުނެފައިވެއެވެ. އެޕޯޓަލްގެ މަސައްކަތަކީ އައިޓީ ކޮންސަލްޓަންޓެއްގެ ލަފައާއެކު ބަލަހައްޓަމުންދާ ޕޯޓަލްއެއްކަމަށާއި ކޮމިޝަންގެ ކުރީގެ އެއްވެސް މެމްބަރަކަށް އަދި މަސައްކަތާއި ގުޅުން ނެތް އެއްވެސް މީހަކަށް އެޕޯޓަލް ބޭނުންކުރެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
0%
0%
0%
0%
0%
22 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1