ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް
ރައްޔިތުންގެ ވޯޓުން އިންތިޚާބުވެފައި ތިބޭ ބޭފުޅުން، ރައްޔިތުން އެދެފިނަމަ ކޮންމެ ކަމެއްވެސް ހާމަކުރަންޖެހޭނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމްގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވަނީ ރައްޔިތުން އެދެފިނަމަ ހާމަނުކުރެވޭނެ އެއްވެސް އެއްޗެއް އޮވެގެން ނުވާނެކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ވެރިއަކު އެހެން ގައުމެއްގެ ވެރިއަކަށް ފޮނުވާ ސިޓީވެސް އެކަމުން އިސްތިސްނާ ނުވާނެ ކަމަށާއި އެފަދަ ލިޔުމެއް ހާމަކުރުމަށްވެސް ރައްޔިތުން އެދެފިނަމަ އެކަން ކުރަން ޖެހޭނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގައި ކޯލިޝަން ޕާޓީތަކުގެ މެދުގައި ޖެހުނު އެއް މައްސަލައަކީ މޮރިޝަސް މައްސަލާގައި ކަންތައްވެގެން ދިޔަ ގޮތުގެ ތެރެއިން ޖެހުނު މައްސަލައެވެ. މީގެ ތެރޭގައި ދެގައުމުގެ ވެރިންގެ މެދުގައި ބަދަލުކޮށްފައިވާ ސިޓީތައް ހާމަނުކުރުމާއި އެމައްސަލަ ނިމުނުއިރު ރާއްޖެއަށް ގެއްލުންވާ ގޮތަށް މައްސަލަ ނިންމިކަމަށް ބައެއް ފަރާތްތަކުން އޭރު ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުންވެސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަނުކުރުމަކީވެސް މިސަރުކާރަށް އަމާޒުވި އެއް ފާޑުކިޔުމެވެ. އިންފޮމޭޝަން ކޮމިޝަން އޮފީސް މެދުވެރިކޮށް އެމައުލޫމާތު ހާމަކުރުމަށް އެދި ހުށަހަޅައި، ކޯޓު މެދުވެރިކޮށްވެސް އެއަދަދު ހޯދުމަށް އޮންލައިން މީޑިޔާއަކުން މަސައްކަތްކޮށްފައިވެއެވެ. އަދި އެކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް ވަކާލާތުކޮށްފައިވެއެވެ. އެހެންނަމަވެސް ޑިފެންސް މިނިސްޓްރީން އެއަދަދު ހާމަކޮށްފައެއް ނުވެއެވެ.
ގާސިމް ވަނީ އޭނާ ދޫކޮށްފައިވާ ހުރިހާ ސްޓުޑެންޓް ލޯނުތައް މައާފްކޮށްފައިވާކަން މިރޭ އިއުލާންކުރައްވާފައެވެ. އަދި މާސްޓަރސް އާއި ހަމައަށް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހިލޭކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1