ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ ފުވައްމުލައް ސިޓީގެ އެއާޕޯޓު ބޮޑުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި މިއަދު ކުރިއަށްދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިވަގުތު ފުވައްމުލައް ސިޓީގައި އޮތް ބަނދަރާއި އެއާޕޯޓުވެސް އެސިޓީއާއި އަޅާބަލާއިރު ކުޑަވެފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެއާޕޯޓު ބޮޑުކުރުމަށް ވިސްނައި، އައިލަންޑް އޭވިއޭޝަންގައި މިހާރު ހުރި އެންމެ ބޮޑު މަތިންދާބޯޓު ޖެއްސޭވަރު ކުރުމަކީ އުންމީދެއްކަމަށް ވިދާޅުވިއެވެ.
"ފުވައްމުލައް ބަނދަރު ބޮޑުކުރުމުގެ ކުރިން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް"
ކުރިއަށް އޮތް ދައުރުގައި އިތުރު މަސައްކަތްތައް ފުވައްމުލައް ސިޓީއަށް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ހުރި މަސައްކަތްތައް މިހާރުވެސް ނިމެމުންދާ ކަމަށާއި އެހެންނަމަވެސް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ހުރިކަމަށް ވިދާޅުވިއެވެ.
އޭގެތެރޭގައި ސިންތެޓިކް ޓްރެކާއި އިންޑޯ ކޮމްޕެލްކެސްގެ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު ހަދަމުންދާ މަގުތަކުގެ އިތުރުން އިތުރު މަގުތައް ހަދަންޖެހޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ 50 އެނދުގެ ހޮސްޕިޓަލެއް އެސިޓީގައި ތަރައްގީކުރުމަށް ވައުދުވެވަޑައިގެންފައެވެ. އެހޮސްޕިޓަލް ވެގެންދާނީ ކުޑަކުދިންނަށް ޚާއްސަ ހޮސްޕިޓަލަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1