ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ނަތީޖާއިން ހާމަވަނީ ރިޔާސީ ނިޒާމަކަށް ރައްޔިތުން ދެކޮޅުކަންކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓެއް ނެގުމާއިގުޅޭގޮތުން ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން އީވާ ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ނިމިދިޔަ ތިން މަސް ކެމްޕެއިނަށް ހޭދަކޮށް ކުރަމުންދިޔަ ކަމަކީ ދައުލަތް އެއްކޮށް ލޫޓުވުންކަމަށެވެ. އީވާ ވިދާޅުވީ ނިމިދިޔަ ތިން މަސްދުވަހުގެތެރޭ ފެނިގެން ދިޔައީ ތާއީދެއް ނެތް ނާގާބިލް ވެރިޔަކު މަގާމުގައި ބެހެއްޓުމަށް ދައުލަތް ލޫޓުކޮށްލާ މަންޒަރުކަމަށެވެ.
ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާއިރު ވެރިކަމަށް ނުވަތަ ސިޔާސަތުތަކަށް ފާޑު ކިޔައިފިނަމަ އެމީހަކު ޒާތީ ވަނީކަމަށް ނިންމި ކަމަށާއި ސަނާކިޔުމަކީ ތާއީދާއި ސަރުކާރަށް އޮތް ލޯބި ހާމަވާކަމެއްގެ ގޮތުގައި ހިސާބުޖެހިކަމަށް އީވާ ވިދާޅުވިއެވެ.
"މިތިން މަސް ދުވަހުގެ ތެރޭގައި ދެމި ކޮންމެ ދިދައަކީ ތާއީދުކަމަށް ހިސާބު ޖެހި، ފައިސާ ދިން ކޮންމެ މީހެއްގެ އާއިލާއަކީ ތާއީދުކަމަށް ހިސާބުޖެހިތަން، ފައިސާއަކަށް ގަނެލި ކޮންމެ މަޖިލިސް މެމްބަރަކީ މުޅި ރަށް ނުވަތަ ދާއިރާއެއްގެ ތާއީދުކަމުގައި ހިސާބުޖެހިތަން. ނަތީޖާއަކަށްވީ ރާއްޖޭގެ ތާރީހުގައި އެންމެ ދަށުން ނަތީޖާ ހޯދި ވެރިއަކަށް ރައީސް ސޯލިހު ވެގެންދިޔުން"
ރައީސް ސޯލިހަށް ދިން ވޯޓާއި އިންތިޚާބުގައި ލިބުނު ނަތީޖާއިން ދިވެހިން ރިޔާސީ ނިޒާމަށް ނޫނެކޭ ބުނާކަން ހާމަވާކަމަށް އީވާ ތަކުރާރުކޮށް ވިދާޅުވިއެވެ. އެކަމުން ހާމަވަނީ އެންމެ މީހަކަށް މިވަރަށް ބާރުތައް ލިބިފައިވުމަށް ދިވެހިން ނުރުހޭކަންކަމަށްވެސް ވިދާޅުވިއެވެ. 2008 ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހުކުރި ހިސާބުން ފެށިގެން ދިވެހިން އެކަމަކަށް އެއްބަސްވާ އެއްކަމަކީ އެކަކަށް ދެވަނަ ދައުރެއް ދިނުމަށް ދެކޮޅުވުންކަމަށް އީވާ ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓެއް ނެގުމާއިގުޅޭގޮތުން ހުށަހެޅި ގަރާރުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު ގަރާރުގެ މަސައްކަތް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށްދިޔުމަށް ވަނީ ނިންމާފައެވެ. ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ވޯޓެއް ނެގުމަށް ބާރުއަޅައި ޑިމޮކްރެޓްސްއިން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވަމުންދާއިރު އެކަމަކީ "ޕްރެކްޓިކަލް"ކަމެއް ނޫންކަމަށް ރައީސް ސޯލިހާއި އިލެކްޝަންސް ކޮމިޝަނުންވެސް ބުނެފައިވެއެވެ. ދެވަނަ ބުރަށްފަހު އެފަދަ ވޯޓެއް ނެގިދާނެކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު އިލެކްޝަންސްއިން ވަނީ އެކަމަށް ބޮޑު ބަޖެޓަކާއި ތައްޔާރީތަކަށް މަދުވެގެން 30 ދުވަސް ބޭނުންވާނެކަމަށް ބުނެފައެވެ.
0%
0%
0%
0%
0%
22 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1