ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ބަރުލަމާނީ ނިޒާމުގެ ގަރާރުގެ ބަހުސް ކުރިއަށް ގެންދިޔުމަށް އެމްޑީޕީން އެއްބަސްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު 30ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ރާއްޖޭގެ ނިޒާމު ބަދަލުކުރުމާއިމެދު ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ގަރާރުގައި އޮތީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމް ބަދަލުކުރުމާއިމެދު ވޯޓެއް ނެގުމަށެވެ.
ގަރާރާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ ގަރާރުގެ މަސައްކަތް މާދަމާގެ ޖަލްސާގައި ފެށޭނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އެކަމަށް މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އަދި މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް އެއްބަސްވެވަޑައިގެންފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ދެ ޕާޓީންވެސް މިކަމާއި ގުޅޭގޮތުން އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
"މެޖޯރިޓީ ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ލީޑަރު މިމަސައްކަތް އަވަސްކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު ވިދާޅުވޭ"
އެމްޑީޕީ މެމްބަރުން މިއަދުގެ ޖަލްސާއަށް ވަޑައިނުގަތުމުގެ ސަބަބުން މަޖިލީހުގެ ކޯރަމް ހަމަވެފައެއް ނުވެއެވެ. ކޯރަމް ހަމަނުވުމުގެ ސަބަބުން މަޖިލީސް ކުރިއަށް ނުގެންދެވި ތިން ފަހަރު ވަނީ މެދުކަނޑާލާފައެވެ.
ޑިމޮކްރެޓްސްއިން އަންނަނީ ދެވަނަ ބުރުގެ ކުރިން ނިޒާމުގެ ވޯޓަކަށް ދިޔުމަށް ބާރު އަޅައި، އެކަމަށް މަސައްކަތްކުރަމުންނެވެ. އެކަމަށް ޕީޕީއެމް-ޕީއެންސީ އާއެކު އެއްބަސްވުމަކަށް ނާދެވުމުން އެމްޑީޕީއާއެކުވެސް އެމަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަށް ރައީސް ނަޝީދު ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރައްވަން މަސައްކަތްކުރުމުން ޔާމީން ވަނީ އެބައްދަލުވުމަށް ދެކޮޅު ހަދާފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ކުރިއަށް ދިޔުމަށް ނިންމާފައިވާ ގޮތް މިރޭ އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1