ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދު ސިޔާސީ ކަންކަމުން މިވަގުތަށް ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާންކުރައްވައިފި އެވެ.
ރައީސް ނަޝީދު މިރޭ ސޯޝަލް މީޑިއާ މެދުވެރިކޮށް ދޫކޮށްލެއްވި ބަޔާނުގައި ވިދާޅުވީ އެމަނިކުފާނު އަންނަ ޖެނުއަރީން ފެށިގެން މަސައްކަތް ކުރައްވާނީ ތިމާވެށްޓާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ މަގާމުގައި ކަމަށެވެ. ނަޝީދުގެ ރައީސްކަމުގައި ރާއްޖެ އިސްކޮށް އޮވެ އުފެއްދި އެ ޖަމާއަތަށް މިހާރު 68 ގައުމު އިތުރުވެ މިހާރު އެއީ އިންޓަ ގަވަމަންޓަލް ޖަމާއަތެކެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި ޖަމާއަތުގެ ވަޒީފާގައި ހުރެ، އަޅުގަނޑަށް ރާއްޖެ އަށް ހިދުމަތްކޮށްދެވޭ މިންވަރު އިންތިހާ އަށް ތަނަވަސްވާނެ އެވެ،" ބަޔާނުގައިވެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތްކުރީ ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާ ކުރުމަށް ކަމަށެވެ. އަދި ރާއްޖެ އަކީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް އަދި ރައްޔިތުންނަށް ދުލާއި، ގަލަމުގެ މިނިވަންކަން ކަށަވަރުކުރެވިފައިވާ ތަނަކަށް ހެދުމަށް ވެސް މަސައްކަތްކުރި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މި ސިޔާސީ މަސައްކަތުގައި އަޅުގަނޑަށް ވަނީ ނުހަނު އަނިޔާ އާއި ހިތާމަވެރިކަމާއި، އެކަނިވެރިކަން ލިބިފަ އެވެ. ޖަލުގެ އަނިޔާ އާއި އެތައް ފަހަރެއްގެ ބަންދު ތަހައްމަލު ކުރާން ޖެހުނެވެ. އަޅުގަނޑުގެ އާއިލާ އާއި ދުރުގައި އުޅެން ޖެހި، މުޅި ޒާތީ ހަޔާތް ބަރުބާދުވެފަ އެވެ. ބޮމުގެ ހަމަލާއިން މަރުގެ ތުންފަތް މައްޗަށް ހުށަހެޅިފަ އެވެ،"
ނަމަވެސް ނަޝީދު ވިދާޅުވީ މި މަސައްކަތުގައި އެމަނިކުފާނަށް ނުހަނު އުފާވެރިކަމާއި، ހިތްހަމަޖެހުން ވެސް ލިބިފައިވާ ކަމަށާއި، ބޮލުގައި އެޅިދިޔަ ކޮންމެ މަޅިއެއް މާފައްޗަކަށް ބަދަލުވި ކަމަށެވެ.
ނަޝީދު ވިދާޅުވީ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު އަދާކުރުމުގައި ވީ މިންވަރަކުން ރައްޔިތުންނަށް ހިދުމަތްކޮށްދިނިން ކަމަށާއި، އެންމެ ބޮޑަށް މަސައްކަތްކުރީ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމަށް ނިޒާމެއް ގާއިމްކުރުމަށާއި، ޓެކްސް ނިޒާމެއް ގާއިމްކުރަން ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދަކީ ދިވެހި ސަރުކާރާއި، ވެރިން ޖަވާބުދާރީ ކުރުމުގެ މަސައްކަތް އަންނާން އޮތް ޖީލުތަކުގެ މީސްތަކުން ކުރުމެވެ،"
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1