އެމްޑީޕީއިން ރައީސް ނަޝީދު ނުލާ ކުރިމަތިލީ ފުރަތަމަ އިންތިހާބުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ 86،161 ވޯޓުން %39.02 ހޯދާ އިންތިހާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
މި ނަތީޖާއަކީ އެންމެ ފަހުން އެމްޑީޕީ އެކަނި ކުރިމަތިލީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީއަށް ލިބުނު ވޯޓާއި ގާތްކުރާ ވޯޓުގެ އަދަދެކެވެ. އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ކުރިމަތިލި އެ އިންތިހާބުގައި ލިބުނީ 96764 ވޯޓުން %46.93 އެވެ. ދެ އިންތިހާބުން ލިބުނު ވޯޓުގެ ތަފާތަކީ 10603 ވޯޓެވެ.
2013 އަދި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީއަށް ލިބުން ވޯޓުގެ އިންސައްތަ.
ހިނގަމުން މިދާ ރިޔާސީ ދައުރުގެ ވަކި ހިސާބަކުން ރައީސް ނަޝީދާއި ރައީސް ޞާލިހުއާއި ދެމެދު ޚިޔާލު ތަފާތުވުން އުފެދި ޕާރޓީ ތެރެއިންނާއި އެހެން ގޮތް ގޮތުންވެސް ސަރުކާރާއި އިދިކޮޅު ހަރަކާތްތައް ރައީސް ނަޝީދު ދިޔައީ ހިންގަމުންނެވެ. އެންމެ ފަހުން ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހުއާއި ވާދަކޮށް ބަލިވުމުން، އެމްޑީޕީގައި ތިބި ރައީސް ނަޝީދަށް ވަފާތެރި ބަޔަކު ދަ ޑިމެކްރެޓްސް ނަމުގައި އަލަށް އުފައްދައިގެން އުޅޭ ސިޔާސީ ޕާރޓީއަކާ ގުޅި ސަރުކާރާއި އިދިކޮޅު ހަރަކާތައް ހިންގަން ފެށިއެވެ.
މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މަޤުބޫލު އެއް ސިޔާސީ ލީޑަރ، އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކޮށް އެމްޑީޕީގެ މެންބަރުންގެ ލޯބި ލިބިފައިވާ ރައީސް ނަޝީދު، އެމްޑީޕީ ދޫކޮށް ދިއުމުން ޕާރޓީއަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އަދި ރައީސް ސޯލިހަށް މި ރިޔާސީ އިންތިހާބުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. ވަހީދަށް ލިބުނު އަދަދައްވެސް ވޯޓު ނުލިބޭނެކަމަށް ދިޔައީ ބުނަމުންނެވެ.
ނަމަވެސް، ރައީސް ނަޝީދާ ނުލާވެސް، އެމްޑީޕީއާއި ރައީސް ސާލިހަށް ބޮޑު ތާއީދެއް އޮތްކަމާއި އެމްޑީޕީ ރައީސް ނަޝީދައްވުރެ މާ ބޮޑުކަން މި އިންތިހާބުގެ ނަތީޖާއިން މިވަނީ ކަށަވަރުވެފައެވެ. އަދި ރައީސް ނަޝީދު ޕާރޓީއިން ވަކިވެގެން ދިއުމުން ގެއްލިފައިވަނީ އެންމެ 10،000 ވޯޓުކަމަށް ޤަބޫލު ކުރުމުގެ ފުރުޞަތު އެބައޮތެވެ.
ރައީސް ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސްއަށް މި އިންތިހާބުގައި ލިބުނީ އެންމެ 15000 ވޯޓެވެ. މިއީ މި އަހަރު އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބުނު ވޯޓާއި ވަރަށް ގާތްކުރާ އަދަދެކެވެ.
ނަމަވެސް ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީގެ ދަފުތަރުން 30000 މީހުން އުނިކުރި ކަމަށާއި އެހުރިހާ ވޯޓާއެކު ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްއިން 30،000 ވޯޓާއި ގާތް ކުރާ އަދަދެއްގެ ވޯޓު ލިބޭނެ ކަމަށް ދިޔައީ ބުނަމުންނެވެ. މި އިންތިހާބުގެ ނަތީޖާއަކީ ރައީސް ނަޝީދު މެންބަރެއްގެ ގޮތުގައި ހުރި ސިޔާސީ ޕާރޓީއަކަށް ރިޔާސީ އިންތިހާބެއްގައި ލިބިފައިވާ އެންމެ ދައް ނަތީޖާއެވެ. އެހެންކަމުން، މި ނަތީޖާއާއެކު ރައީސް ނަޝީދުގެ ތަރި އޮއްސެނީކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1