ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ.މުޙައްމަދު މުޢިއްޒް އާއި މޯލްޑީވްސް ޑީވަލޮޕްމެންޓް އެލައަންސް (އެމް.ޑީ.އޭ)ގެ ލީޑަރު އަޙްމަދު ޝިޔާމް މުޙައްމަދު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފިއެވެ.
ރައީސް މުއިއްޒް އާއި ޝިޔާމް ބައްދަލުކުރެއްވި ކަން ހާމަކޮށް މިއަދު ރައީސް އޮފީހުގެ ރަސްމީ އެކްސް އެކައުންޓުގައި އެ ބައްދަލުވުމުގެ ފޮޓޯ ވަނީ ޝާއިޢުކުރައްވާފައެވެ.
ރައީސް ޑރ. މުޙާއްމަދު މުއިއްޒް، މިދޫ ދާއިރާގެ މެންބަރު އަދި އެމް.ޑީ.އޭގެ ލީޑަރު އަޙްމަދު ޝިޔާމް މުޙައްމަދުގެ އިތުރުން އެކި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއިއެކު މިއަދު ވަނީ ބައްދަލުވުންތަށް ބާއްވާފައެވެ. އެގޮތުން ޖުމްހޫރި ޕާޓީގެ ގެ ލީޑަރު ޤާސިމް އިބްރާޙީމް، ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްއާ ވެސް ރައީސް މިއަދު ބައްދަަލު ކުރައްވާފައިވެއެވެ.
ރައީސް މުއިއްޒް އެކި ޕާޓީތަކުގެ ސިޔާސީ ލީޑަރުންނާއިއެކު މިފަދަ ބައްދަލުވުން ތަކެއް ބާއްވަމުން މިދަނީ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ހޯދުމާއި އަދިވެސް އެހެނިހެން މައްސަލަތަކުގައި އިދިކޮޅު އެމް.ޑީ.ޕީ އާއި ޚިޔާލްތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އޭގެއިތުރުން، ރައީސް އާއި ނައިބް ރައީސް އަޒްލް ކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމް.ޑީ.ޕީން އަންނަނީ ކުރަމުންނެވެ.
ރައްޔިތުން މަޖިލީސް 2024ގެ ޕުރައިމަރީގައި އަޙްމަދު ޝިޔާމް މުޙައްމަދު ނިސްބަތްވާ އެމް.ޑީ.އޭގެ ފަރާތުން ސަރުކާރު ހިންގާ ޕާޓީއާއިއެކު 4 ދާއިރާއަކަށް ކުރިމަތިލުމަށް ވަނީ އެ ޕާޓީގެ ފަރާތުން ނިންމާފައެވެ.
0%
0%
0%
0%
0%
ބާސް
20 ޑިސެންބަރު 2023
ތި ހަތަރު ޕާޓީއާ ހޮޅި ދެ ޕާޓީ އެއްކޮށްލީމަ މަޖުލީހުގެ 5ބައިކުޅަ އެއްބައި ހަމަ ނުވޭ،، އެމްޑީޕީއަކާ ނުގެޅެވޭނެ، ހޮޅި މުއިއްޒު އަޒުލްކުރޭ!
3 ދުވަސް ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1