ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ވަޒީރުންގެ މުސާރަތައް ބޮޑުކުރީ ސަރުކާރުގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށާއި މުސާރަ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަށް އިތުރުކުރި ބައި އިޖުތިމާއީ ފަންޑަކަށް ހަދިޔާ ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ވަޒީރުންގެ މުސާރަތައް ބޮޑު ކުރުމަށް އެދިފައި ނުވާނެ ކަމަށެވެ. އަދި މުސާރަތައް ބޮޑު ކުރަން ބޭނުން ނުވާ ކަމަށާއި އެފަދަ ނިންމުމެއް ނިންމާފައި ވަނީ އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ.
އެހެންކަމުން ރައީސް ނިންމެވީ މުސާރަ އަށް އިތުރުކުރި ބައި ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް އެބައި ދިނުމަށެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މުސާރަތަކަށް ބަދަލު ގެނެސްފައި ވަނީ އިއްޔެ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައެވެ.
މިއީ އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ރައީސާއި ނާއިބު ރައީސާއި އަދި މިނިސްޓަރުންގެ އިތުރުން ކައުންސިލް މެންބަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅާފައިވެއެވެ. މިއަދު މެންދުރު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މެންބަރުން ވަނީ މުސާރަތައް ބޮޑު ކުރުމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަކީ 75،000 ރުފިޔާއެވެ. ނަމަވެސް ކޮމެޓީން މިއަދު ފާސްކުރީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް 120،000 ރުފިޔާ އަދިރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000 ރުފިޔާ ބޮޑު ކުރުމަށް ނިންމައިފައެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1