ޑރ. މުއިއްޒު ކެމްޕެއިންގައި ފޮޓޯ: މިހާރު
ހުޅުމާލޭގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ އަގުކުޑަކޮށްދިނުމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މުއިއްޒުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ބޭއްވި ބައްދަލުކުރެއްވުމެއްގައި މުއިއްޒު ވަނީ މިސަރުކާރުން ވިނަރެސް ފްލެޓްތައް ދޫކުރުމަށް ނިންމާފައިވަނީ މާ ބޮޑު އަގެއްގައިކަމަށެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުން ނަގާ ދެލައްކަ ރުފިޔާގެ ޑައުންޕޭމަންޓާއި މަހުން މަހަށް ފައިސާ ދެއްކުމަށް ނިންމާފައި އޮތް އޮތުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ.
އެއަށްވުރެ ކުޑަ އަގެއްގައި ކުރެވޭނެކަމަށާއި، ވެރިކަން ލިބިއްޖެނަމަ މަހުން މަހަށް ދައްކަންޖެހޭ އަގު ކުޑަކޮށްދޭނެކަމަށް ވިދާޅުވިއެވެ. އެއަގު ކުޑަކޮށްދިންކަމުގައިވިޔަސް އަރބަންކޯއަށް ވާނެ ގެއްލެމުއް ނެތްކަމުގައި މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވިނަރެސް މަޝްރޫއަކީ ހައުސިން މިނިސްޓަރުކަމުގައި މުއިއްޒު ހުންނަވާ ކުރިއަށްގެންދިޔުމަށް ނިންމެވި މަޝްރޫއެއް ކަމަށެވެ. ވިނަރެސްގެ ނަމުގައި އެމަޝްރޫއު މިސަރުކާރުން ކުރިއަށްގެންދަނީ މަޝްރޫއުގެ ނަން ބަދަލުކުރުމަށްފަހުކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ސަރުކާރަކުން ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށްގެންދަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް އެކަމަށް ހޭދަކުރުވުމަކީ ކުރަންވާނެކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ތަކުރާރުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1