އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ "އެޓޯލް މިނިސްޓްރީ" ޕްލޭނަކީ މިހާތަނަށް ހާސިލްކުރެވުނު ހުރިހާ ބާރެއް ރޫޅާލާނެކަމެއްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ހދ ނޮޅިވަރަންފަރުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ ކައުންސިލްތަކަށް ހަގީގީ ބާރު ހޯދައިދިނުމަށް މިނިސްޓްރީއެއް އެކުލަވާލާނެކަމަށް ވިދާޅުވެފައެވެ. ކައުންސިލްތަކަށް ފުރިހަމަ ބާރެއް ހޯދައިދޭނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައިކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.
އެވާހަކަތަކަށް އިޝާރާތްކުރައްވާ މެމްބަރު ވައްޑެ ވަނީ އެއީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެއީ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިހާތަނަށް ހާސިލްކުރެވުނު ހުރިހާ ކާމިޔާބީއެއް ރޫޅާލުންކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް ނުވަތަ ވުޒާރާތަކާއި ހަމައަށް ގެނެސްދޭނީ ކައުންސިލްތަކުންކަމަށާއި މިހާރަށްވުރެ ފުރިހަމަ ބާރުތަކެއް ކައުންސިލްތަކަށް ދޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މެމްބަރު ވައްޑެގެ ކަންބޮޑުވުންތަކަށް ރައްދުދެއްވާ މުއިއްޒު ވިދާޅުވީ އެފަދަ މިނިސްޓްރީއެއްގެ ބޭނުމަކީ ރައްޔިތުންގެ މަންދޫބުންގެ ކިބައިން ބޭނުންވާ ކަންކަން ސަރުކާރު މެދުވެރިކޮށް ފުރިހަމަކުރެވޭނެ ގޮތް ހެދުންކަމަށެވެ. އަދި އެފަދަ މިނިސްޓްރީއަކާއެކު ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ކަންކަން ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވިއެވެ.
"ބޭނުމަކީ ދުވާލަކު 30 މިނެޓް ކައުންސިލްތަކަށް ނުދެވޭ މިނިސްޓަރަކު ހުރުމުގެ ބަދަލުގައި ކައުންސިލްތަކަށް ފުލް ޓައިމް މިނިސްޓަރެއް ހުރުން"
މުއިއްޒުގެ މިހުށަހެޅުމަށް ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިޔާގައި އަންނަނީ އަމާޒުވަމުންނެވެ. އެކަމަކީ ކައުންސިލްތަކުގެ މިނިވަންކަން ގެއްލި، ރަށްރަށުގެ ތަރައްގީއަށް ހުރަސް އެޅޭނެކަމެއްގެ ގޮތުގައި އަންނަނީ ސިފަކުރަމުންނެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1