ފާތިމަތު ތައުފީގު (ކުޑީ)
އެމްއެމްޕީއާރުސީގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ އެ މަގާމުން ވަކިކުރިކަން އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް ވަނީ ކަށަވަރުކޮށްދީފައެވެ. ކުޑީ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގަ އެވެ.
ކުޑީ އެ މަގާމުން ވަކި ކުރެއްވި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރްއައިން ޖަނާހު ވަނީ އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.
ނޫރައިން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ދުބާއީގައި މި މަހު ކުރީކޮޅު އޮތް އަރަބިއަން ޓްރެވެލް މާކެޓް(އޭޓީއެމް) ފެއާގައި އިނގިރޭސީ ބަހުން ދެއްވި އިންޓަވިއުއަކާ ގުޅިގެން ދިވެހިންގެ ތައުރީފް ސޯޝަލް މީޑިއާގައި އޭނާއަށް ލިބުނެވެ.
އޭނާއަށް ލިބުނު އެ މަގްބޫލުކަމާ ގުޅިގެން އެމްއެމްޕީއާރުސީގެ ބޭރުގެ އިތުރު އެހެން ފެއާއެއްގައި ނޫރައިން ބައިވެރި ނުކުރުމަށް ޓުއަރިޒަމް މިނިސްޓަރު ފައިސަލް އެންގެވި ކަމަށް ބުނެ ޗެނަލް-13އިން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ފައިސަލް އެކަން ދޮގު ކުރައްވާފައިވެ އެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެެ ބޯޑުގައި ޓޫރިޒަމް ދާއިރާގެ ޖަމްއިއްޔާ މަޓީ ތަމްސީލު ކުރައްވާ ރާފިލް މުހައްމަދު ވެސް މިދިޔަ މަހުު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ރާފިލް ވެސް މަގާމުން އިސްތިއުފާ ދެއްވީ ކުންފުނީގެ ހިންގުމުގައި ހުރި ކަންތައްތަކާ ހިތްހަމަ ނުޖެހިގެންނެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
0%
0%
0%
0%
0%
10 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1