ރައީސް ސޯލިހު ތުރާކުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ އެންމެ ކުށް މަދު ފަސް އަހަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ހއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ތުރާކުނުގައި ބޭއްވި ޖަލްސާގައި ވާހަކުފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމު އެއް ސިޔާސަތަކަށް ވާނީ ދިވެހިރާއްކެއަކީ އަމާން ރާއްޖެއަކަށް ހެދުންކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރަނީ މުޖުތަމައު އަމާންކޮށް އޮންނާނެ ފަދަ ގޮތަކަށްކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރަކީ މިއީ، އެންމެ ކުށް މަދު 5 އަހަރުގެ ގޮތުގައި ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ފަސް އަހަރު މިއަށްވުރެވެސް ކުށުގެ އިންސައްތަ ދަށްކުރާނަން"
ތުރާކުނުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ އެރަށުގެ ބަނދަރު ބޮޑުކޮށް, އަރައި ފޭބުމަށް ހުރި ދަތިތައް ހައްލުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ކުރެވިގެން ދާނެ ކަމަށެވެ.
ބިމުގެ ދަތިކަމަށް ހައްލު ގެނައުމަށް ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއަށް މިހާރު ކޮންޓްރެކްޓްކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމްޓީސީސީއަކީ ބުނާ ވަގުތަށް މަސައްކަތް ފަށައި ބުނާ ވަގުތަށް ނިންމުމުގައި އިތުބާރު އޮތް، ފުރިހަމައަށް އެމަސައްކަތްކޮށްދޭނެ ކުންފުންޏެއްކަމަށް ރައީސް ވިދާޅުވިއެވެ.
"އެމަސައްކަތް ލަސްތަކެއް ނުވާނެ ފަށާނެކަމުގެ ޔަގީންކަން އެބައޮތް"
ބިން ހިއްކުމުގެ މަސައްކަތާއެކު ތުރާކުނަށް ދިމާވެފައި އޮތް ބިމުގެ ދަތިތަކަމަށާއި ދަނޑުވެރިކަން ކުރުމުގެ ފުރުސަތަށް ބިން އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ތުރާކުނު ރައްޔިތުން މިމަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ކައުންސިލުން ދެއްވާކަމުގައި ވިދާޅުވިއެވެ. އަދި އަންނަ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށް އަމާން ރާއްޖެއަކަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން އޮތްކަމުގައިވެސް ވިދާޅުވިއެވެ.
0%
0%
0%
0%
0%
22 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1