ދަަރަނިތައް ނަގައި، ގައުމު އިނދަ ޖެއްސުން ފިޔަވައި އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔައީ، ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީމް ހުށަހެޅުއްވި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސެވެ.
މި ސަރުކާރުގެ ހަރަދުތައް ބޮޑުކަމަށް ނުވަތަ އިގްތިސާދު މިހާ ދަށަށް ދިޔައީ މެނޭޖު ނުކުރެވުމުގެ ސަބަބުންކަމަށް އެމްޑީޕީން ބުނަމުން ގެންދާތީ ރައްދުގައި ޝުޖާއު ވިދާޅުވީ ދަރަނިތައް ނަގައި، ގައުމު އިނދަ ޖެއްސުން ފިޔަވައި އެ ޕާޓީގެ ވެރިކަމަށް ކުރެވުނު އިތުރު އެހެން އެއްވެސް ކަމެއް ނެތްކަމަށެވެ.
"މުސާރައިގެ ވާހަކަ އެބަ ދައްކާ.. މިހާރު ހަމަ އިރުއިރުކޮޅާ ދައްކަނީ މުސާރައިގެ ވާހަކަ.. ހަރަދު ބޮޑޭ.. ސިޔާސީ މުވައްޒަފުން ގިނަކޮށްގެންނޭ ތި އުޅެނީ، ހިންގަވާ އަޅުގަނޑުމެން ބަލާލާން އެމްޑީޕީގެ މިދިޔަ އަހަރުގެ ޖެނުއަރީން ޖޫންއަށް މުސާރައާއި އިނާޔަތްތަކަށްކޮށްފައި އޮތް ހޭދަ. 5.8 ބިލިއަން ރުފިޔާ.. ހިންގަވާ މިއަދު އަޅުގަނޑުމެންގެ ސަރުކާރުން ކުރި ހަރަދު، 5.5 ބިލިއަން ރުފިޔާ.. 300 މިލިއަން ރުފިޔާ މަދު.. ކޮބާތޯކޮށްފައި އޮތް ހަރަދު، އެހެންވެއޭ އަޅުގަނޑު ދެންނެވީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ނާރައޭ" ޝުޖާއު ވިދާޅުވިއެވެ.
ތަކުރާރުކޮށް އެމްޑީޕީން މި ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ހޭދަތައް ބޮޑުކަމަށް ބުނާއިރު، ތަފާސްހިސާބުތަކުން ދައްކާ ނަމްބަރުން ފެންނަނީ އެ މަންޒަރެއް ނޫންކަމަށް ޝުޖާއު ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ މުސާރަށް އެމްޑީޕީން 5.8 ބިލިއަން ރުފިޔާ ހަރަދު ކުރިއިރު މި ސަރުކާރުގެ އެ މުއްދަތުގެ ހޭދަތައް ހުރީ 5.5 ބިލިއަން ރުފިޔާގައިކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީން އެ ބުނާ ހަރަދު ބޮޑު، މަތި ބަރު ސަރުކާރެއްގެ ސިފަ މި އަދަދުތަކުގައި ނެތް ކަމަށެވެ. އެކަމަކު، ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ސިޔާސީ މަގާމުތައް މިހާރަށް ވުރެ މަދު ކުރުން ނޫން ގޮތެއް ނެތްކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ސަރުކާރުން އަޅާ ހަރުދަނާ ފިޔަވަޅުތައް ރައްޔިތުން ގަބޫލު ކުރާކަމަށާއި، އެމްޑީޕީން ދައްކާ ހަގީގަތެއް ނެތް ވާހަތަކަކީ އަސްލެއް ނޫންކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.
އިއްޔެ މަޖިލިސް ޖަލްސާގައި ޝުޖާއު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ނާރާނެކަމަށެވެ.
0%
0%
0%
0%
0%
10 ގަޑިއިރު ކުރި
0
27 ޖޫން 2024
0
10 ޖޫން 2024
0
2 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1