ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަހަރު އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީން ހުސްވެފައިވާ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ވަގުތީ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އައްޔަން ކުރަން ފެންނަ ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކުރީ އއ. އުކުޅަކުގައި ކުރިއަށްދާ އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރެއް 47 މެމްބަރުންގެ ވޯޓާއެކު ފާސްކޮށްގެންނެވެ.
ރައީސް އިބޫއަށް އެމްޑީޕީގެ ރައީސްކަން ދިނުމަށް ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަންވަރު އިބްރާހިމެވެ. އޭނާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދުއެވެ.
"ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ހުސްވެފައިވާ ޕާޓީގެ ރައީސްކަމުގެ މަގާމަށް ވަގުތީ ގޮތުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަން ކުރުމަށާއި އަދި ނިމިދިޔަ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސަރުކާރުގައި ވަޒީރުންގެ މަޖިލީހުގައި މި ޕާޓީގެ މެމްބަރުންގެ ގޮތުގައި ވަޒީރުންނަކީ މި ގައުމީ މަޖިލީހުގެ ދައުރު ހަމަވަންދެން މި ގައުމީ މަޖިލީހުގެ މެންބަރުންކަމުގައި ކަނޑައެޅުމަށް އިގުރާރުވަމެވެ،" އަންވަރު ހުށަހެޅުއްވި ގަރާރުގައިވެއެވެ.
0%
0%
0%
0%
0%
22 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1