އެމްޑީއޭއިން އެމްޑީޕީއާއެކު އޮތް ކޯލިޝަން ރޫޅާލާފައިވަނީ ރޭގެ ވަގުތެއްގައި
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމާއެކު އެމްޑީއޭއިން ބައެއް މެމްބަރުން ވަކިވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީއޭ އިން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމާފައި ވަނީ ރޭ އެ ޕާޓީގެ ކައުންސިލްގައި ނެގި ވޯޓެއްގައެވެ. މިގޮތަށް ފާސްވީ، ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާއި ދެކޮޅަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ވޯޓު ދެއްވާފައި ވަނީ އެންމެ ދެ މެމްބަރުންނެވެ.
ރޭގެ ނިންމުމާއެކު ރޭގެ ވަގުތެއްގައިވެސް އެމްޑީއޭގެ ބައެއް މެމްބަރުން ވަނީ ޕާޓީން ވަކިވާކަން އަންގާ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމަށް ސިޓީ ފޮނުވާފައެވެ. އެކަން އެމެމްބަރުން ސޯޝަލް މީޑިޔާގައިވެސް ހިއްސާކޮށްފައިވެއެވެ. މީގެ ތެރޭގައި އެމްޑީޕީގެ ކުރީގެ މެމްބަރު އަދި ފަހުން އެމްޑީއޭއަށް ސޮއިކުރެއްވި ޝުއައިބު އަލީ (ފުރަހަނި)ވެސް ހިމެނިވަޑައިގަންނަވައެވެ.
ޕާޓީން ވަކިވާކަން އަންގާ ސިޔާމަށް ފޮނުވި ސިޓީ އާންމުކޮށް ޝުއައިބުވަނީ އޭނާ އަކީ ފިނޑިއެއް ނޫންކަމަށާއި މެޗްގު ފަހު ހާފުގައި އިދިކޮޅު ޓީމަށް ކުޅެން ނާރާނެކަމަށް ބުނެފައެވެ. އަދި ގައުމަށް ކުލުނު އޮތް މީހަކު އަނިޔާވެރިކަން އިއާދަވުމަށް ނޭދޭނެކަމަށް ބުނެފައިވެއެވެ.
އިންތިޚާބަށް ތިން ދުވަހަށްވެފައި ވަނިކޮށް ނިންމި މިނިންމުމާއެކު އެމްޑީއޭ އަދި ސިޔާމަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވަނީ އަދިވެސް އަޒުމަށް ބަދަލެއް ނާންނަކަމަށާއި އެމްޑީޕީން އިންތިޚާބުތައް ކާމިޔާބުކުރަނީ ގަދަ ކަނޑުތަކުގައި ދަތުރުކުރުމަށްފަހުކަމަށް ވިދާޅުވެފައެވެ.
އެމްޑީއޭއިން ޕީއެންސީއާއި ޑރ މުއިއްޒުއަށް ތާއީދުކުރަން ނިންމުމުން، އެމްޑީޕީއަށް ތާއީދުކުރާ ޕާޓީއެއްގެ ގޮތުގައި މިވަގުތު އޮތީ އަދާލަތު ޕާޓީ އެކަންޏެވެ. އެހެންނަމަވެސް ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމައި، ބައެއް މެމްބަރުން ވަނީ އެމްޑީޕީއާއިވެސް ގުޅިވަޑައިގެންފައެވެ. ޑރ މުއިއްޒުއާއެކު މިވަގުތު ކޯލިޝަން ހަދާފައިވަނީ އެމްއެންޕީއެވެ.
0%
0%
0%
0%
0%
22 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1