ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭގެ ޖަލްސާގައި
މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ކަށަވަރުކޮށްދެވޭ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މާލޭ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭތާ ގިނަ އަހަރުތަކެއްވެފައިވާ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލްވެސް ހިއްސާކުރައްވާފައިވެއެވެ.
ރައީސް ވަނީ މާލެއަށް ހިޖުރަކޮށް މާލޭގައި ދިރިއުޅޭތާ އެތައް އަހަރެއްވެފައިވާ ރައްޔިތުންނަށް އަމިއްލަ ރަށުންވެސް އަދި މާލެއިންވެސް ގޯތިލިބުމުގެ ދަތިކަން ކުރިމަތިވެފައިވާކަމަށެވެ، އެފަދަ ރައްޔިތުން ކަންބޮޑުވެނުލެއްވުމަށް އެދިވަޑައިގެންނަވައި ރައީސް ވަނީ މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ކަށަވަރުކޮށްދެވޭނެކަމަ ގޯއްޗާއި ފްލެޓުލިބޭނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ވެވަޑައިގެންނެވި ބައެއް ވައުދުތަކުގެ ތެރޭގައި
ރައީސް ވަނީ އިދިކޮޅު ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތަކަށްވެސް ރައްދުދެއްވާފައެވެ. އެގޮތުން ގާކޮށި ފްލެޓްތަކާއި އަރަބިއްޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާތީ އެތަންތަނުގެ ކުލި ބޮޑުކުރީ ކޮން ބޭފުޅެއްތޯ އައްސަވައި، އެކަން ކުރެއްވީ ހައުސިން މިނިސްޓަރުކަމުގައި ހުންނަވާ ޑރ މުއިއްޒުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ވާދަވެރިން ދައްކާ ބައެއް ވާހަކަތައް އަޑުއަހާލަން ޖެހޭ! ގާކޮށި ފްލެޓްތަކާއި އަރަބިއްޔާ ފްލެޓްތަކުގެ ކުލި އެހުރީ މާ ބޮޑުކޮށްނޭ! ތިމަންނާމެން އައިސް އެ ކުޑަ ކުރާނަމޭ!ބަލަ ކޮން ބޭފުޅެއްތޯ އެކަން ކުރެއްވީ! އަޅުގަނޑުމެންގެ ކުރީ ސަރުކާރުން ކަނޑައަޅާފައި ހުރި އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށް އެއަގުތައް ކަނޑައެޅުއްވީ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އެބޭފުޅާ!"
މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ މިހާރުވެސް ފްލެޓް ހަވާލުކުރުމަށް 4،000 ފެލްޓުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި މާލޭގެ 19،000އަށްވުރެ ގިނަ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
0%
0%
0%
0%
0%
22 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1