މިއަދު މާޅެންދޫއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/އެމްޑީޕީ މީޑިއާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ނ. މާޅެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މާޅެންދޫއާ ކުޑަފަރީއަށް ވަޑައިގެންނެވީ މިއަދު މެންދުރު ކުރީގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވި، ނ. މާޅެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާފައި ވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)އާއެވެ. މިގޮތުން މިމަޝްރޫޢުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
މާޅެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްްދަލު ކުރެއްވުމުގެ އިތުރުން ރައީސް ވަނީ އެ ރަށުގައި ހުންނަ އެމްޑީއޭގެ ޖަގަހަ ވެސް ހުޅުވައިދެއްވައިފައެވެ. އެމްޑީއޭ އަކީ އަދާލަތު ޕާޓީއާއެކު އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސޯލިހާއެކު ކޯލިޝަންގެ ބައިވެރިންނެވެ.
މިއަދު މާޅެންދޫގައި ބޭއްވި ޖަލްްސާގައި ވާހަކަ ދައްކަވަމުން އެ ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ހަސަން ވިދާޅުވީ ރައީސް ސޯލިހްގެ ޒައާމަތުގައި މާޅެންދޫއަށް ގިނަ ޕްރޮޖެކްޓްތަކެއް ފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ ނިންމާ ރައްޔިތުންނަށް އޭގެ ޙިދުމަތް ފޯރުކޮށްދެން ފަށާފައިވާ ކަމަށާއި އަވަށާއި ދުރުގައި އާ އިންޖީނުގެއެއް ހުޅުއްވާދެއްވާފައިވާ ކަމަށާއި، ހުރިހާ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން އައުޓް ޑޯ ޖިމެއް ގާއިމުކޮށްދިނުމާއި، ފުޓްސަލް ދަނޑު މަރާމާތުކޮށްދިނުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ޖާގަ ތަނަވަސް ކައުންސިލް އިދާރާއަކާއި މާޅެންދޫ ސްކޫލުގައި މަލްޓި ޕާޕޯސް ހޯލެއްގެ އިތުރުން އަށް ކުލާސް ރޫމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، މާޅެންދޫ ސިއްޙީ މަރުކަޒު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ވެސް ފެށިފައިވާ ކަމަށާއި މާޅެންދޫގައި ގިރައި ސަރަހައްދަށް ހައްލެއް ހޯދުމުގެ ގޮތުން އެމްޓީސީސީއާ ހަވާލުކޮށް އެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެބޮޑު އަގުލަބިއްޔަތެއް އެމަނިކުފާނަށް ލިބިގެންދާނެ ކަމަށް ބެލެވެނީ ނ އަތޮޅުން ކަމަށެވެ.
" ނ އަތޮޅުގެ ރައްޔިތުން އަޅުގަނޑު ދެކޭ ގޮތުގައި މިފަހަރު މި އިންތިހާބުގައި ރެކޯޑު އަދަދަކަށް އަޅުގަނޑުމެންނާއެކު ތިބޭތަން ފެނިގެންދާނެ. ޝިޔާމްގެ އެހީތެރިކަމާއި، އަދާލަތު ޕާޓީ އަދި އެމްޑީގެ ވެސް ބޮޑު ތާއީދު އޮތް އަތޮޅަކަށްވާތީ އަޅުގަނޑަށް ފެންނަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބޭނެ އަތޮޅަކަށް މި އަތޮޅުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1