އެލްޖީއޭއަށް ގޮންޖަހައި ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނަށް ކުރީގެ ރައީސް އިބޫގެ ތައުރީފު

LGA ah gon jahai kendhikulhudhoo council in nerunu bayaanah kureege raees ibu ge thaureef

ކުރީގެ ރައީސް އިބޫ ސޯލިހް މިއަދު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/އެމްޑީޕީ

0

 ރައީސް ޑރ. މުހައްމަދު މުއިއްޒު ނ.ކެނދިކުޅުދޫއަށް ވަޑައިގެން، ރަސްމީ ދަތުރުފުޅެއްގައި ސިޔާސީ ކެމްޕޭން ކުރެއްވިކަމަށް ތުހުއްމަތުކޮށް އެ ރަށު ކައުންސިލުން ނެރުނު ބަޔާން ބާތިލް ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމަށް ތަބާނުވާނެކަން އަންގާފައިވަނިކޮށް އެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސްލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ތައުރީފްކޮށްފިއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް ތާއީދު ހޯއްދެއްވުމަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫއަށް ވަޑައިގެން ސޯލިހް މިއަދު ވިދާޅުވީ މިހާރު މިއޮތް ސަރުކާރަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ސަރުކާރެއް ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ދެމެހެެއްޓި އެ ނިޒާމު ފުނޑުފުނޑުކޮށްލުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެގޮތުގެ މަތިން އަތޮޅު މިނިސްޓްރީއެއް އުފައްދާ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މި ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވާނެކަމަށް ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ، މަޖިލީހުގެ ތެރެއިން އެ ވުޒާރާ އުވާލާނެ ކަމަށާއި، ކައުންސިލްތަކައް ބިރުދެއްކުމަށް ސަރުކާރުން ކުރަމުން ގެންދާ ކަންކަމަށް ޖެހިލުންނުވެ ބަސްބުނަން ޖެހޭ ކަމަށެވެ.

"މިހާރުވެސް އެލްޖީއޭގެ ފަރާތުން ނުފޫޒު ފޯރުވާ، ބިރު ދެއްކުމަށް އެ ގާނޫނުގެ ތެރެއިން ޖާގައެއް ހޯދާކަމަށްވަންޏާ އެ ދޮރުތައްވެސް ބަންދުކުރާނަން. ފުރިހަމަ ބާރުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަން." ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ކިޔަން، ޝުކުރު އަދާކުރަން މި ރަށުގެ [ކެނދިކުޅުދޫ ކައުންސިލް] ތިދައްކަވާ ނަމޫނާއަށް. ގާނޫނު ނެގެހެއްޓުމަށްޓަކައި ފަހަތަށް ޖެހިވަޑައިނުގަތް ތި ކުރައްވާ މަސައްކަތަށް އަޅުގަނޑު އައްސަރިބަހާ ސާބަސް ދެން. ތިބޭފުޅުންނަށް ކުރިމަތިވާ ކޮންމެ ދައްޗަކަށް، ކޮންމެ ގޮންޖެހުމަށް އެހީތެރިވެދެން އަޅުގަނޑުމެން މިތިބީ ފަހަތުގައި."

އާންމުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ސަރުކާރު ކެންޑިޑޭޓަށް ތާއީދުކޮށް ސިޔާސީ ވާހަކަ ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ބަޔާންކޮށް ރަށު ކައުންސިލުން ބަޔާނެއް ނެރުމުން، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ނިންމާ ނިންމުންތަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫންކަމަށް ބުނެ އެ ބަޔާން ބާތިލްކުރުމަށް އެލްޖީއޭ އިން އެންގި އެވެ.

ބަޔާން ބާތިލްކުރުމަށް އެންގި ސިޓީގެ ޖަވާބުގައި ކެނދިކުޅުދޫ ކައުންސިލުން އެލްޖީއޭއަށް ފޮނުވި ޖަވާބު ސިޓީގައި ރަށު ކައުންސިލްތަކަކީ، އެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ސަރުކާރާއި ވަކިން އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ބާރު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހުސެއް ކަމަށް ބުނެފައިވެ އެވެ. އަދި ކައުންސިލްތަކަކީ ބާރު ލިބިގެން ނުވާ، ސަރުކާރުގެ ދަށުން ހިނގާ ސަރުކާރު އިދާރާއެއްގެ ގޮތުގައި ސިފަ ކުރުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ރޫހާއި ހިލާފު ކަމެއްކަމަށް ކައުންސިލްގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެލްޖީއޭ އިން ކައުންސިލަށް ފޮނުވި ސިޓީގައި، ކައުންސިލްގެ ބަޔާން ބާތިލުކުރަން ޖެހޭ ވަރުގެ ސަބަބެއް ދެއްކިފައިނުވާ ކަމަށް ވެސް، ކައުންސިލުން ބުނެފައިވެ އެވެ.

އަދި ކައުންސިލްގެ ބާރު ކަނޑުވާލައި، އިދާރީ ދާއިރާތައް ލާމާރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ތަސައްވުރާއި މަގްސަދު ގެއްލުވާލައި ކައުންސިލްގެ ބާރުތައް ކަނޑުވާލުމަށް މަސައްކަތް ނުކުރުމަށް ވެސް ކައުންސިލުން އެލްޖީއޭއަށް ގޮވާލާފައިވެ އެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1