ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބް ކެނދިކުޅުދޫއަށް ވަޑައިގަތުން --
މިފަހުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ނ. ކެނދިކުޅުދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށު ބަންދަރުގައި ހަދާލާފައި އޮތް ސަފު ކޮޅާކޮޅު ނުފެނެއެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ މިވަގުތު އެންމެ ބޮޑު ވާދަވެރިންގެ ތެރޭގައި ހިމެނޭ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބް މިއަދު އެ ރަށަށް ވަޑައިގަތުމުން ފެނުނީ މަދު މީހުންކޮޅެއް މަރުހަބާ ދެންނެވުމަށް ނުކުމެ ތިބި މަންޒަރެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރުމުގައި އަވަދިނެތި ކެނޑިޑޭޓުން މަސައްކަތް ކުރަމުން އަންނަ އިރު، އިލްޔާސް އަކީ ކެނދިކުޅުދޫއަށް ވަޑައިގެންނެވި ދެވަނަ ކެނޑިޑޭޓެވެ. ފުރަތަމަ ކެނޑިޑޭޓަކަށް މި މަހުގެ 12 ވަނަ ދުވަހު ރައީސް ސޯލިހް ވަޑައިގެންނެވި އިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަބާ ދެންނެވުމަށް ނުކުމެފައެވެ. އެގޮތުން 2000 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގައި ދިރިއުޅޭ މީހުންގެ ގިނަބަޔަކު ނުކުމެފައިވާ އިރު، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ވަނީ އެ ރަށުން ނުކުތް އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން ސަޕޯޓަރުންނަށް ތައުރީފް ކުރައްވައިފައެވެ.
ނަމަވެސް ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް މިއަދު ކެނދިކުޅުދޫއަށް ވަޑައިގަތުމުން އެ ރަށުން ނުކުމެފައިވަނީ މަދު އަދަދެއްގެ ސަޕޯޓަރުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިލްޔާސްއަށް މަރުހަބާ ދެންނެވުމަށް އެ ރަށުން ނުކުމެފައިވަނީ 30 ވަރަކަށް މީހުންނެވެ. މިއީ ކެނދިކުޅުދޫގެ އާބާދީއަށް ބަލާއިރު ކުޑަ ކުޑަ އިންސައްތައެކެވެ.
ދަ ޑިމޮކްރެޓްސްއަށް ސަޕޯޓްކުރާ ފަރާތްތަކުގެ އިތުރުން އެ ރަށުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ ބައެއް ފަރާތްތައް ވެސް އިލްޔާސްއަށް މަރުހަބާ ދެންނެވުމަށް ވަނީ ނުކުމެފައެވެ.
ދަ ޑިމޮކްރެޓްސްގެ ޕާޓީގެ ބާނީ، ކުރީގެ ރައީސް ނަޝީދުގެ ގިނަ ސަޕޯޓަރުންތަކެއް ކުރިން ތިބި ކެނދިކުޅުދޫއަށް މިއަހަރުގެ ތެރޭގައި އޮތް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަމުން އެމަނިކުފާނު ވަޑައިގަތުމުން ރަނގަޅު މަރުހަބާއެއް ކިޔާފައިވީ ނަމަވެސް މިފަހުން ވަނީ ރައީސް ނަޝީދުއަށް އޮތް ތާއީދު ވަރަށް ބޮޑުތަނުން ދަށްވެފައެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1