ކެނދިކުޅުދޫގައި 300 ރޯހައުސް އަދި ސްޕޯޓްސް އެރީނާއެއް ގާއިމް ކޮށްދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފި

Kendhikulhudhoo gai 300 raw house adhi sports arena eh gaaimu kohdheyne kamah raees vaudhvevadaigenfi

ކެނދިކުޅުދޫއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ/ރަށްފުށު އޮންލައިން

0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދުއަށް މިއަދު ޒިޔާރަތްކުރައްވައި ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ 300 ރޯހައުސް ނުވަތަ ފްލެޓް ގާއިމްކޮށް، އެ ރަށުގައި ޒުވާނުންނަށް ޚާއްސަކޮށްގެން އެކި އެކި ކުޅިވަރުތައް ކުޅެވޭނެ ސްޕޯޓްސް އެރީނާއެއް ގާއިމު ކޮށްދެއްވާނެ ކަމަށް ވައުވެވަޑައިގެންފިއެވެ.

މިއަދު ކެނދިކުޅުދޫއަށް ވަޑައިގެން ރައީސް ސޯލިހް ވަނީ އެ ރަށުގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑާއި، އައު އިންޖީނުގެއާއި ފެނަކަ އޮފީސް ޢިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މިއަދު ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައި، ފެންސް ޖަހައި، ލައިޓިންގ ސިސްޓަމާއިއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މި ދަނޑުގެ މަސައްކަތް ސަރުކާރުން ކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓޭޑާ ޙަވާލުކޮށްގެންނެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 1720 ކިލޯވޮޓްއެވެ. އިންޖީނުގެ ކުރިން ހުރީ ސްކޫލް ކައިރީގައި ނަމަވެސް އައު އިންޖީނުގެ މިވަނީ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ކައިރިއަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކެނދިކުޅުދޫގައި ސަރުކާރުން ޤާއިމްކުރާ އައު ހޮސްޕިޓަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި ހޮސްޕިޓަލަކީ 30 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަން ލިބިވަޑައިގެންފި ނަމަ އެ ރަށުގައި 300 ރޯހައުސް ނުވަތަ ފްލެޓް އަޅައިދޭނެ ކަމަށާއި، އަދި ހުރިހާ އުމުރުފުރާތަކަކަށް ބޭނުންކުރެވޭނެ ސްޕޯޓްސް އެރީނާއެއްގެ އިތުރުން އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އެ ރަށުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ އެ ރަށަކީ ބިންބޮޑު އަދި ތަރައްގީކުރެވޭނެ ރަށަކަށް ވުމާއެކު އެހެން ރަށްރަށުގެ ފަރާތްތަކަށްވެސް ފުރުސަތު ދެއްވުމަށެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1