ކެނދިކުޅުދޫ ދާއިރާގެ ޕްރައިމަރީއަށް އެމްޑީއޭގެ ފަރާތުން ސާލިމް ނުކުންނަވައިފި

Kendhikulhudhoo dhaairaage primary ah MDA ge faraathun Salim nukunnavaifi

އެމްޑީއޭގެ ޕޮލިސީ އެންޑް ޑިވެލޮޕްމަންޓް ކައުންސިލްގެ މެންބަރު ޙުސައިން ސާލިމް މުޙައްމަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

1

ނ. ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭ - ޕީޕީއެމް - ޕީއެންސީ ކޯލިޝަންގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރައްވަން އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމް މުހައްމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އަދި އެމްޑީއޭގެ ގައުމީ ކައުންސިލްގެ މެންބަރު ހުސެއިން ސާލިމް މުހައްމަދު ނުކުންނަވައިފިއެވެ.

ކެނދިކުޅުދޫ ދާއިރާގައި ހިމެނެނީ ކެނދިކުޅުދޫފެ އިތުރުން ކުޑަފަރި، މާޅެންދޫ އަދި ހެނބަދޫއެވެ.

ކެނދިކުޅުދޫ ދާއިރާގެ ގޮނޑިއަށް މިދިޔަ ދެ މަޖިލީސް އިންތިހާބުގައިވެސް އެމްޑީއޭއިން ވަނީ ކުރިމަތިލައިފައެވެ. އެގޮތުން 2014 ވަނަ އަހަރު އޮތް މަޖިލީސް އިންތިހާބުގައި ވާދަކޮށް އެމްޑީއޭގެ ކެނޑިޑޭޓް އަލީ މައުރޫފް ވަނީ ކުރި ހޯއްދަވައިފައެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރުގެ މަޖީލީސް އިންތިހާބުގައި މައުރޫފް ކުރިމަތިލެއްވި ނަމަވެސް ކުޑަ ތަފާތަކުން ކުރި ހޯއްދެއްވީ އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު އީސާއެވެ.

މިފަހަރުގެ މަޖިލީސް އިންތިހާބު ކުޑަތަންވަމުން އަންނަ އިރު، ވެރިކަންކުރާ ކޯލިޝަނުން ނިންމީ ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ނުކުތުމަށެވެ. އަދި އެމްޑީއޭއާއި އެމްއެންޕީއިން ކުރިމަތިލާން ބޭނުންވާ ދާއިރާތަކަށް ވެސް ޕީޕީއެން - ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށްގެން ކެނޑިޑޭޓެއް ނެރުމަށެވެ. އެގޮތުގެ މަތިން ކެނދިކުޅުދޫ ދާއިރާއަށް އެމްޑީއޭގެ ފަރާތުން ސާލިމް ވަނީ ކުރިމަތިލައްވައިފައެވެ.

ކިޔެވުން ފުރިހަމަ ކުރައްވައި، ދިވެހި އަސްކަރިއްޔާއަށް ހިދުމަތް ކުރެއްވުމަށްފަހު ސާލިމް ވެވަޑައިގަތީ ޑައިވިންގް އިންސްޓްރަކްޓަރަކަށެވެ. އެއަށްފަހު ސާލިމް 1997 ވަނަ އަހަރު ކޮންސްޓްރަކްޝަން ދާއިރާއަށް ވެދެވަޑައިގަތީ ދ. މީދުއްފުށީގައި ވިލުރީފް ރިސޯޓު ހަދަމުން ދިޔަ އިރު، އެތަނުގެ ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައެވެ.

ސާލިމް ވަނީ އޭގެ ފަހުން ސަންގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގެ މެނޭޖިން ޑައިރެކްޓަރުކަން ދިގު މުއްދަތަކަށް ކުރައްވާފައެވެ. އަދި އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ އިރު، އޭގެ ކުރިން އޭނާ ވަނީ އެމްޓީސީސީގެ ޗެއާމަންކަންވެސް ކުރައްވައިފަ އެވެ. ސާލިމް ވަނީ ވިޔަފާރީގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރައްވަވާ، ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ނ. ހޮޅުދޫ ދާއިރާއަށް ސާލިމް ކުރިމަތިލެއްވި ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ޕީޕީއެމް، ޕީއެންސީ އަދި އެމްޑީއޭގެ ކޯލިޝަނުން ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ސާލިމްގެ ކެމްޕޭން ސްލޯގަންއަކީ "އެންމެންގެ ސާލިމްބެ" އެވެ. ސާލިމް ވަނީ އެމްޑީއޭގެ އޮފީހަށް ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށައަޅުއްވައިފައެވެ.

އެ ކޯލިޝަންގެ ކެނދިކުޅުދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ އަނެއް ދެ ކެނޑިޑޭޓުންނަކީ ޕީއެންސީގެ ރަޖިސްޓްރާ މުހައްމަދު އަފޫ ހާމިދު އާއި އަހުމަދު ރިލްވާންއެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ނަޑޭ

14 ޑިސެންބަރު 2023

ތިޔަ މީހާ ބަލިކުރާނަމެވެ ސަލާން

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1