ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް ކަމަކީ ވެސް އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުމެވެ. މިއީ މި އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ރައީސް މުއިއްޒު ކުރެއްވި ކެމްޕޭނުގައިވެސް ތަކުރާރުކޮށް އެންމެ ގިނައިން ދެއްކެވި ވާހަކަފުޅެވެ.
އެގޮތުން އިންތިހާބީ ހުވާ ކުރެއްވުމަށްފަހު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފު ނިންމަވާލުމަށްފަހު ދުބާއީގައި ކުރިއަށް ދިޔަ މޫސުމާ ބެހޭ ސަމިޓް، ކޮޕް28ގެ ހަވާސާގެ ތެރެއިން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފަ އެވެ. އެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އެއާޕޯޓުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަނީ ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެކަމަށް އިންޑިއާ ސަރުކާރުން ވެސް އިހުތިރާމް ކުރާ ކަމަށެވެ.
"އަޅުގަނޑުމެންނާ އެކު ކުރެވުނު މަޝްވަރާތަކުގައި އިންޑިއާގެ ސަރުކާރުން އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް. މިހާރު ޓެކްނިކަލް ލެވެލްގެ މަސައްކަތްތައް އެބަކުރެވޭ، ދެ ގައުމުގެ ޓެކްނިކަލް ލެވެލްގައި މަސައްކަތް އެބަ ހިނގާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތަށް ހައި ލެވެލްގެ ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތް ކުރުމަށް އިންޑިއާގެ ބޮޑުވަޒީރާ އެކު އެމަނިކުފާނު ޔޫއޭއީގައި ބޭއްވި ބައްދަލުވުމުގައި ވެސް އެއްބަސްވެފައިވާ ކަމަށެވެ. ރާއްޖޭގެ މި ޑިމޮކްރެޓިކް ނިންމުންމަކީ މުޅި ސަރަހައްދަށް ވެސް މުހިންމު ނިންމުމެއް ކަމަށާއި އެކަމަށް އެ ގައުމުން އިހުތިރާމް ކުރާނެ ކަމުގެ ޔަގީންކަން މޯދީ ދެއްވައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަދި މިހާރު އެއްބަސްވެފައި މިވަނީ ހައި ލެވެލް ކޮމިޓީއެއް ވެސް އެކުލަވާލަން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް. މިސާލަކަށް މާލެ ކައިރީގައި މި ހިނގާ ބްރިޖް މަޝްރޫއު އާއި އެކިއެކި ލޯންތަކުގައި މި ދިމާވާ ކަންކަމާ، ގައުމަށް މި ދިމާވެފައިވާ ބޮޑެތި މައްސަލަތަކާ."
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1